ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ސްޓޭޓް ހައުސްގައި ބޭނުންކޮށް ނަގާލެވިފައިވާ ތަކެތި ނީލަންކިއުން

                                       ނަންބަރ: (IUL)241-A/241/2020/20

އިޢުލާން

 

ނީލަންކިޔުމާއިބެހޭ

 

             ގއ.ސްޓޭޓް ހައުސް އަދި މި އިދާރާއިން ބޭނުންކޮށް ނަގާލެވިފައިވާ ތަކެތި ނީލަން ކިޔުން 19 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:30 ގއ.ސްޓޭޓްހައުސް ގެ ގޯތިތެރޭގައި އޮންނާނެއެވެ.

 

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:30 އަށް ގއ.ސްޓޭޓްހައުސްއަށް ވަޑައިގެން ނީލަމުގައިވާ ތަކެތި ނެންގެވުމަށްފަހު 2020 ސެޕްޓެމްބަރ 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފައިސާދައްކައި،  72 ގަޑިއިރު ތެރޭގައި ނީލަމުންނެގި ތަކެތި ގެންދިއުން އެދެމެވެ. ފައިސާ ނުދައްކާ ތަކެއްޗާއި މި މުއްދަތުގައި ނުގެންގޮސް ހުންނަތަކެތީގެ ނީލަން ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

                           07 ސެޕްޓެމްބަރ 2020މ

07 ސެޕްޓެންބަރު 2020
ހޯދާ