މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީގެ ޙިދުމަތް ދިނުމާއިބެހޭ ޤަވާއިދަށް ހިޔާލު ހޯދުމާއިގުޅޭ

 

 

         

 

އިޢުލާން

 

ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއިބެހޭ ގަވާއިދަށް ހިޔާލު ހޯދުމާއި ގުޅޭ

 

            ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 2020/R-52 އާއި ގުޅޭ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު މެންބަރުން ޝިޕިންގ އެޖެންޓުންނާއި ފޯވަރޑިންގ އެޖެންޓުނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 2020 ސެޕްޓެމްބަރު 10 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ޝިޕިން އެޖެންޓުންނާއި ފުރައިޓު ފޯވަރޑަރުން ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު 2020 ސެޕްޓެމްބަރު 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓިގެ އީމެއިލް [email protected] އަށް ފޮނުއްވައި ދެއްވުމަށް ދައުވަތު އަރުވަމެވެ.  

-          ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު

-          ބައްދަލުވުމުގައ ބައިވެރިވާ ހައިސިއްޔަތު (ޝިޕިންގ އެޖެންޓެއްކަން ނުވަތަ ފޯވާޑިންގ އެޖެންޓެއްކަން)

               އަދި ދަންވަމަވެ. މި ސިލްސިލާ ބައްދަލުވުމުގެ ދަށުން އިމްޕޯޓަރުންނާއި ދާއިރާއާއި ގުޅުންހުރި ވިޔަފާރި ޖަމުޢިއްޔާތަކާއި އާގު ބޯޓުފަހަރުގެ ވެރިންނާއި އާގު ބޯޓުފަހަރު އޮޕަރޭޓު ކުރައްވާ ފަރާއްތަކާއި އަދި އާގުބޯޓުފަހަރު ޗާޓަރު ކުރައްވާ ފަރާތްތަކާއި ވަކިވަކިން ބައްދަލު ކުރުމަށް ނިންމާފައިވާ ވާހަކަވެސް ދެންނެވީމެވެ. 

                  18 މުޙައްރަމް   1442

                  06 ސެޕްޓެމްބަރު 2020   

 

ދިވެހި ސަރުކާރުގެ ގެޒެޓް

06 ސެޕްޓެންބަރު 2020
ހޯދާ