ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި ނެގުމާއިބެހޭ

ެލިނެގުމާއި ބެހޭ

           މިހާރަކަށްއައިސް ރަށުގެ އެކި ސަރަޙައްދުތަކުން ވަޅުކޮނެގެން ވެލިނެގުން އާއްމުވެ ރަށުގެ އެކި މަގުތަކަށް ދަތިވެ ނުރައްކާވާގޮތަށް ރަށުގެ އެކި ސަރަޙައްދުތަކުން ވެލިނެގުން ވަރަށްބޮޑަށް އިތުރުވެ، ވެލިނެގުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި ބައެއްފަރާތްތަކުން ޢަމަލު ކުރަމުން ގެންދާތީ ދަންނަވަމެވެ. ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލި، ގައު، އަކިރި ފަދަ އެއްޗެއް ނަގަންވާނީ ރަށުކައުންސިލުން ހުއްދަ ހޯދައިގެން ކަމުގައި ތަކުރާރުކޮށް ވާނީ އެންގިފައެވެ.

              ވީމާ، ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލި، ގައު، އަކިރި ފަދަ އެއްވެސް އެއްޗެއް ނަގަންވާނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެން ހުއްދަދޭ ސަރަޙައްދަކުން ހުއްދަދިން ޢަދަދަކަށް ހުއްދަ ދެވިފައިވާ ތާރީޚެއްގައެވެ. އަދި ވެލި، ގައު، އަކިރި ނަގާމީހުން އެމަސައްކަތް ކުރާއިރު ކައުންސިލުގެ ލިޔުން މަސައްކަތްކުރާ މީހުންގެ އަތުގައި ފުލުހުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭގޮތަށް އޮންނަންވާނެއެވެ. 2020 ސެޕްޓެމްބަރ 6 ވަނަ ދުވަހުން ފެށިގެން ހުއްދަނެތި ވެލި، ގައު، އަކިރި ނަގާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

06 ސެޕްޓެންބަރު 2020
ހޯދާ