މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން، ޑީޓެއިލް ޑިޒައިން އަދި ކޮންސަލްޓެންސީ ފޯރުކޮއްދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: 36/IUL)94-Q/94/2020) އާއި ގުޅޭ

އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942020W-12

އަންދާސީ ހިސާބު ބޭނުންވެއްޖެ       

 

  1. މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން، ޑީޓެއިލް ޑިޒައިން އަދި ކޮންސަލްޓެންސީ ފޯރުކޮއްދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: 36/UL)94-Q/94/2020) ގައި ބަޔާންކޮއްފައިވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންގެ މަސައްކަތާއި  ކޮންސަލްޓެންސީގެ މަސައްކަތް ތަފާތު ދެމަސައްކަތެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މި އިޢުލާނު ބާތިލްކުރަމެވެ. ވީމާ އިސްވެދެންނެވި ދެއޮފީސް އިމާރާތުގެ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ދެވޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00  އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ހުށައެޅޭނީ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ، ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. 
  3. ބީލަން ހުށައެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:00  އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

      ވެބްސައިޓް:www.immigration.gov.mv

ފޯން    : +960 3330436, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

06 ސެޕްޓެންބަރު 2020
ހޯދާ