މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަނެތި އަމިއްލަ ފަރާތްތަކުން ޤަވާޢިދާ ޚިލާފަށް އިންދާފައި ހުރި ރުއްގަސް ނެގުމާބެހޭ

އިޢުލާން

           ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ MTCC ގެ ފަރާތުން މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ތަކެތި ބެހެއްޓުމުގެ ސެޓަޕް ހެދުމަށް ކަނޑައެޅިފައިވަނީ ރަށުގެ ބަނދަރުގެ އުތުރުފަރާތު ސަރަޙައްދު ކަމަށްވާތީ، އެސަރަޙައްދުގައި ކައުންސިލްގެ ހުއްދަނެތި އަމިއްލަ ފަރާތްތަކުން ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް މިއަދުން ފެށިގެން 15 ދުވަހުގެތެރޭގައި ނަގާ ނިންމުމަށް ދަންނަވަމެވެ.

           އަދި މިމުއްދަތުގައި ރުއްގަސް ނުނަގާހުރެ އެޕްރޮޖެކްޓް ހިންގަމުންދާއިރު ދިމާވާ އެއްވެސް ކަމަކަށް މިކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2020
ހޯދާ