މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އިންޓަރނެޓްގެ ޚިދުމަތް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                     ނަމްބަރ:  IUl 10-F/10/2020/37

އިޢުލާން

      މިމިނިސްޓްރީއަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.           

ވީމާ، އިންޓަރ ނެޓްގެ ޚިދުމަތް ފޯރުކޮށްދޭން ޝައުޤުވެރިވެ ވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

         މިމިނިސްޓްރީއަށް އިންޓަރ ނެޓްގެ ޚިދުމަތް ފޯރުކޮށް ދޭން ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިވާ މައުލޫމާތުތައްފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނަކަން އެންގޭނެއެވެ. މިކަމާ ގުޅޭ މައުލޫމާތު ޝީޓް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ފޯނު ނަންބަރ

           އަންދާޒީ ހިސާބު ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 08 ސެޕްޓެންބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

           އަންދާޒީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 2020 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏18 މުޙައްރަމް 1442

‏06 ސެޕްޓެންބަރު 2020    

 

06 ސެޕްޓެންބަރު 2020
ހޯދާ