ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސްތަކުގެ ވެރިފަރާތެއް ހޯދުމަށް

 މިރަށު ފެހިގެ މުޙައްމަދު ދީދީ ގޯތީގެ ދެކުނުން އޮތް ހުސްބިމުގައި ހުރި ރުއްގަސްތަކާއި އަދި ވިނަ ގޯތީގެ އިރުން އޮތް މަގުގައި ހުރި ބަނބުކެޔޮ ގަހުގެ ވެރިފަރާތެއް ހޯދުމަށް މިވަނީ ބޭނުންވެފައެވެ. 

       ވީމާ، މިދެންނެވި ރުއްގަސްތަކާއި ބަނބު ކެޔޮ ގަހުގެ ވެރިފަރާތެއް ވާނަމަ 15 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރުއްގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީއަކުން މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާ ނަމަ މި އިދާރާގެ އީމެއިލް ( [email protected]  ) މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތްތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މިދެންނެވި ސަރަޙައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.

06 ސެޕްޓެންބަރު 2020
ހޯދާ