ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ޖުޑީޝަލް އެކަޑަމީ)

                  ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/20202/119

ތާރީޚް: 03 ސެޕްޓެންބަރު 2020

މަޤާމު

ލީގަލް އޮފިސަރ

ރޭންކް: ޖީ.އެސް12-2

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ޖުޑީޝަލް އެކަޑަމީ

އަސާސީ މުސާރަ

-/9,412 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/6,117.80 (އަސާސީ މުސާރައިގެ %65)

- ސަރވިސް އެލަވަންސް: -/3,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޖުޑީޝަލް އެކަޑަމީގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އަދި އެކަމަށް ބޭނުން ވާ ފަންނީ އެހީތެރިކަން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިގެން، އެކަޑަމީގެ ތަމްރީނުގެ މަންހަޖު ތައްޔާރު ކޮށް، އަހަރުން އަހަރަށް އެ މަންހަޖު މުރާޖައާ ކޮށް ތަރައްގީ ކުރުމާއި، އެކަޑަމީގެ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުމުގައި އެ މަންހަޖަށް ފުރިހަމަޔަށް ތަބާ ވެވޭކަން ކަށަވަރު ކުރުން.
  2. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން، އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭނުގައި ހިމެނޭ ޝަރުޢީ އަދި ޤާނޫނީ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަނުގެ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމާއި ކޮންޓެންޓް ތައްޔާރު ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުމާއި، މި މަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާން ޖެހޭ ނަމަ އެ ކަން އިންތިޒާމު ކޮށް ބެލެހެއްޓުން.
  3. އެކަޑަމީގެ ފަރާތުން ތައްޔާރުންކުރަންޖެހޭ ޓްރޭނިންގ މެނުއަލްތައް ދިވެހިބަހުންނާއި އިނގިރޭސީ ބަހުން ތައްޔާރުކުރުމާއި އެކަޑަމީގެ ފަރާތުން އެކިޤާނޫނުތަކާގުޅޭގޮތުންނާއި، ޖުޑީޝަރީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގް ދެނެގަތުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ހެދުން.
  4. އެކަޑަމީން ހިންގާ ޝަރުޢީ އަދި ޤާނޫނީ ތަމްރީނުގެ ވޯރކްޝޮޕްތަކާއި ސެމިނާރު ފަދަ ޕްރޮގްރާމްތަކާ ގުޅޭ އަތްމަތީފޮތްތަކާއި ލުއިފޮތް ފަދަ ތަކެތި ދިވެހިބަހުންނާއި އިނގިރޭސި ބަހުން ތައްޔާރު ކުރުމާއި، ޕްރޮގްރާމްތަކާ ގުޅިގެން އެކަޑަމީގެ ވެބްސައިޓުގައި ޝާއިއު ކުރާން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށް ވެބްސައިޓު އަދާހަމަ ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލު ކުރުމާއި، އެ ތަކެތި ރަނގަޅަށް ޝާއިއު ކުރެވޭކަން ކަށަވަރުކުރުން.
  5. ކަމާގުޅޭ އުސޫލުތަކުގެ މަތީން، އެކަޑަމީގެ ޖާރނަލް އޮފް ޖުޑީޝަލް އެންޑް ލީގަލް ސްޓަޑީޒްގެ ކަންކަން އިންތިޒާމު ކޮށް، ޖާރނަލަށް ބޭނުން ވާ މަޒުމޫނުތަކާއި އެކިއެކި މައުލޫމާތު ހޯދައި އެއް ކުރުމުގެ ކަންކަން ކުރުމާއި، އެޑިޓޯރިއަލް ބޯޑުން މަޒުމޫނުތައް ފާސް ކުރުވުމުގެ ކަންކަން ބެލެހެއްޓުމާއި، ޖާރނަލުގެ ލޭއައުޓުގެ މަސައްކަތް އިންތިޒާމު ކުރުމާއި، މިކަންކަން ނިންމުމަށް ފަހު، ޗާޕް ކުރުމާއި ވިއްކައި ނުވަތަ ބެހުމުގެ ކަންކަން ކުރުމަށް ޓަކައި ޖާރނަލްގެ ޕީޑީއެފް ފައިލް ކޯޕަރޭޓް ސަރވިސަސް ޑިވިޜަނާ ހަވާލު ކުރުން.
  6. އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާއި ފަހުމުނާމާތައް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޑްރާފްޓު ކުރުމާއި އެ ބަސްވުންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. އެކަޑަމީގެ ބޭނުންތަކަށް ޓަކައި އިނގިރޭސި ބަހުން ދިވެހި ބަހަށް، އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރާން ބޭނުން ވާ ޝަރުޢީ އަދި ގާނޫނީ ލިޔެކިޔުންތައް ތަރުޖަމާ ކުރުމާއި، މި މަސައްކަތް އައުޓްސޯރސް ކޮށްގެން ކުރާ ހާލަތުގައި އެކަން އިންތިޒާމު ކުރުމާއި ކުރެވޭ މަސައްކަތުގެ ފެންވަރު ބަލައި ޗެކު ކުރުން.
  8. އެކަޑަމީއަށް ނުވަތަ އެކަޑަމީގެ ޑިވިޜަނަކަށް ނުވަތަ އެކަޑަމީގެ މުވައްޒަފަކަށް ރަސްމީ ހައިސިއްޔަތުން ވަޒީފާގެ ކަމެއްގައި ގާނޫނީ ލަފައެއް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމާއި، އެކަޑަމީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާން ޖެހިއްޖެ ދަނޑިވަޅެއްގައި ނަމަ އެ ހައިސިއްޔަތުން މަސައްކަތް ކުރުން.
  9. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކުގައި ބާއްވާ ބައްދަލުވުންތަކުގައި އެކަޑަމީ ތަމްސީލު ކުރާން ޖެހޭ ހާލަތުގައި ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން އެކަން ކުރުން.

ތަޢުލީމީ ރޮނގު

ޝަރީޢަތާއި ޤާނޫނުގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢަތާއި ޤާނޫނު / ޤާނޫނު.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2020 ސެޕްޓެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340858 / 3340855
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މިނޫންވެސް ދިވެހިރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
03 ސެޕްޓެންބަރު 2020
ހޯދާ