ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ކޮމްޕިއުޓަރ ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ: ކޮމްޕިއުޓަރ ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް     

        މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް މިއިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް ތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި 12 / 2020 / އައި.ޔޫ / ޓީ - 57 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން ދީފައިވާ މައުލޫމާތާ އެއްގޮތަށް  އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

        ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

8 ސެޕްޓެންބަރ 2020 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން

އީމެއިލް: [email protected] 

 

އީމެއިލް ގައި ހިމަނަންޖެހޭ މައުލޫމާތު:

  57-T/IU/2020/14  :އިޢުލާން ނަންބަރު

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ބީލަން ހުށަހެޅުމަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން:

9 ސެޕްޓެންބަރ 2020 ވާ ބުދަ ވަނަ ދުވަހުގެ 08:00 ގެ ކުރިން

އީމެއިލް:  [email protected] 

 

ނޯޓް: މި މުއްދަތުގައި ފޮނުއްވާ ސުވާލު ތަކުގެ ޖަވާބު 10 ސެޕްޓެންބަރ 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

އީމެއިލް މެދުވެރިކޮށް ބީލަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުން:

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 14 ސެޕްޓެންބަރ  2020 ވާ ހޯމަ ދުވަހުގެ 11:00

 

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

ބީލަން ހުށަހެޅުން:

 

 

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާހާއި، ބީލަން ހުށަހަޅާ ފޯމް އަދި ސްޕެސިފިކޭޝަން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

03 ސެޕްޓެންބަރު 2020
ހޯދާ