ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓްވަރިޒަމް ސްޓަޑީޒް އިމާރާތުގެ ކަރަންޓް ވިއުގަބަދަލް ކުރުމާއި ގުޅޭ

 

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓްވަރިޒަމް ސްޓަޑީޒް އިމާރާތުގެ ކަރަންޓް ވިއުގަބަދަލް ކުރުމާއި ގުޅޭ .

            މިއީ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓްވަރިޒަމް ސްޓަޑީޒް އިމާރާތުގައި މިހާރު އެޅިފައިވާ ކަރަންޓް ވިއުގަ ބަދަލްކުރަން  ބޭނުންވާތީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން:

            މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  9 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގައި، މަތީގައި އެވާ ގަޑިއަށް  ވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

ބީލަން ބަލައިގަތުން،އަދި ވެލިޑިޓީ

 

          ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  30 ސެޕްޓެމްބަރ 2020  ވާ ބުދަ ދުވަހު 11:00 ގައި، ޔުނިވަރސިޓީގެ އިދާރީ މަރުކަޒް ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް ކަމުގައި ވާންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • އިދާރީ މަރުކަޒް، މާލެ އިން : -  3345134

އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

 

ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

03 ސެޕްޓެންބަރު 2020
ހޯދާ