މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

ޢިއުލާން ނަންބަރު:MPBA/2020/046

ތާރީހް: 03 ސެޕްޓެމްބަރ 2020

 

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ

 

މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންއަށް ވިރާކާ ޑައިނަސްޓީ ޑަބްލިއު 9 ބީ.ސީ ބްރޭންޑުގެ 05 ބިލިއަޑު މޭޒު އެސަސަރީސްތަކާއި އެކު ސަޕްލައިކޮށް މޭޒުތައް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 

ޕޮރޮޖެކްޓް ނަންބަރު

ޕޮރޮޖެކްޓް ނަން

002/2020

ވިރާކާ ޑައިނަސްޓީ ޑަބްލިއު 9 ބީ.ސީ ބްރޭންޑުގެ 05 ބިލިއަޑު މޭޒު އެސަސަރީސްތަކާއި އެކު ސަޕްލައިކޮށް މޭޒުތައް ރާވައިދިނުން

 

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މިތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.

 

ބީލަން ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2020 ވަ އަންގާރަ ދުވަހުގެ 13:00   ގައި މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން، ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރ ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕޮރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

                  15 މުހައްރަމް 1442

                  03 ސެޕްޓެމްބަރު 2020

 

03 ސެޕްޓެންބަރު 2020
ހޯދާ