ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމް ހިންގަދޭނޭ ފަރާތްތަކެއް ހޯދުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވިޝުއަލް އާޓްސް، ފިލްމު އަދި މިއުޒިކުގެ ދާއިރާގައި މަސައްކަތްކުރާ އަދި އަލަށް މި ދާއިރާތަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް (އޮންލައިންކޮށް) ކުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މި ޕްރޮގްރާމްތަކުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

ދާއިރާ

ޕްރޮގްރާމް

ގަޑީގެ އަދަދު

ވިޝުއަލް އާޓްސް

  1. ފައިން އާޓް
  2. އެނިމޭޝަން (2 ޑީ)
  3. ފޮޓޯގްރަފީ

ކޮންމެ ޕްރޮގްރާމެއްގައި 1 ގަޑި އިރުގެ 10 ސެޝަން ހިމަނަންވާނެއެވެ.

ފިލްމު

  1. ސްކްރިޕްޓު ލިޔުން
  2. އެޑިޓިންގ
  3. ޑައިރެކްޝަން

ކޮންމެ ޕްރޮގްރާމެއްގައި 1 ގަޑި އިރުގެ 10 ސެޝަން ހިމަނަންވާނެއެވެ.

މިއުޒިކް

  1. ވޯކަލް ޓެކްނިކްސް އަދި ޓްރޭނިންގ
  2. ސައުންޑު އިންޖިނިއަރިންގ (ރެކޯޑިންގ/މިކްސިންގ ޓެކްނިކްސް)
  3. ބޭސިކް ގިޓަރ ޓެކްނިކްސް އަދި އެކްސަސައިޒް

ކޮންމެ ޕްރޮގްރާމެއްގައި 1 ގަޑި އިރުގެ 10 ސެޝަން ހިމަނަންވާނެއެވެ.

 

ވީމާ، މި ޕްރޮގްރާމްތައް ރާއްވަވާ އަދި ހިންގައިދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަސައްކަތް

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ނެޝަނަލް އާޓް ގެލެރީ

ބުދަ

09 ސެޕްޓެމްބަރ 2020

11:00

އަންދާސީ ހިސާބު ހުށަހެޅުން

ނެޝަނަލް އާޓް ގެލެރީ

ބުރާސްފަތި

17 ސެޕްޓެމްބަރ 2020

11:00

 

ނޯޓް: އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

03 ސެޕްޓެންބަރު 2020
ހޯދާ