މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި ހުރި ދަރުތައް ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

 ކުނިކޮށީގައި ހުރި ދަރުތައް ނީލަން ކިޔުމާއި ގުޅޭ

 

ރ. ވާދޫ ކުނި ކޮށީގައި ހުރި ލަކުޑި ދަރުތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މިހެންވެ، މިތަކެއްޗަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލަށް ލިޔުމުން އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން އެންމެ މަތިން ހުށަހަޅާ އަގު ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އާންމު ކުރެވޭނެއެވެ. އަދި ޖެހިޖެހިގެން ރަސްމީ ތިން ދުވަހު އަގައް ބަދަލެއް ނާންނަމަ، އެފަރާތަކަށް ތަކެތި ވިއްކާލެވޭނެއެވެ.

ނީލަން ފެށޭއަގަކީ 500 ރުފިޔާއެވެ. އަދި ބަލައިގަނެވޭނީ ތިރީގައިވާ މައުލޫމާތުތައް ހިމަނައިގެން ހުށަހަޅާ އަގުތަކެވެ.

  1. ނަން:
  2. އައިޑީ ކާރޑު ނަންބަރު:
  3. އަތޮޅާއި ރަށުގެ ނަން:
  4. ހުށަހަޅާ އަގު:

ނީލަމުން ނަގާ ތަކެތި ގެންދިޔުމާއި ސައިޓް ސާފުކުރުމަކީ  ނީލަން ކާމިޔާބު ކުރާ ފަރާތުގެ ޒިންމާއެކެވެ. ނީލަމުން ނަގާ ތަކެތީގެ ތެރެއިން ބޭނުން ނުވާތަކެތި ކުނިކޮށީގެ، (ކައުންސިލުން ދައްކާ) ސަރަހައްދަކަށް ޖަމާކުރަންވާނެއެވެ.

03 ސެޕްޓެންބަރު 2020
ހޯދާ