އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯރެޓަރީ އެސިސްޓެންޓް

މަޤާމް :ލެބޯރެޓަރީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

އިއުލާން

 

         މި ހޮސްޕިޓަލުގައި ލެބޯރެޓަރީ އެސިސްޓެންޓެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 (އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 6 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ދަންފަޅި އުސޫލުން)

މުސާރަ މަހަކު -/4465 ރުފިޔާ

 

ސަރވިސް އެލަވަންސް މަހަކު -/1500 ރުފިޔާ

 

ރިސްކް އެލަވަންސް: -/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

  އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުއްދަތު:    6 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކޮވިޑް ޕީ.ސީ.އާރު ސާމްޕަލްތައް ލެބޯޓްރީއަށް އައުމުން އެ ސާމަޕްލްތައް ތަރުތީބުކޮށް ނަންބަރު ދިނުން

2-      ކޮވިޑް އެޑްމިން ޑެސްކަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދީ ޓެސްޓުތަކުގެ ނަތީޖާ ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް އެ ނަތީޖާތައް، ހަމަޖެހިފައިވާ ޕްރޮޓޮކޯލާއި އެއްގޮތަށް ހިއްސާ ކުރުން

3-      ކޮވިޑް ސާމްޕަލް ތައް ޕްރޮސެސްކުރުމަށް، ޓެކްނޮލޮޖިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

4-      މިނޫނަސް މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި ގުޅޭ މަސައްކަތްތައް ކުރުން.

5-      ޑޮކްޓަރު ދޫކޮށްފައިވާ ލެބޯޓްރީ ރިކުއިސިޝަން ސްލިޕްގައިވާ ތަހްލީލްތައް ހެދުމަށް ބަލިމީހާގެގައިން ލޭނެގުން.

6-      ކަނޑައެޅިފައިވާ ސްޓޭންޑަޑްތަކާއި އުސޫލުތަކުގެ ތެރެއިން ލޭ، ބަޔޯހެޒަރޑް ފްލުއިޑް ނުވަތަ ލޭހެކިފައިވާ ޓިޝޫތައްފަދަ ތަކެތި ނައްތާލުން.

7-      ކަނޑައެޅިފައިވާ ސްޓޭންޑަޑްތަކާއި އުސޫލުތަކުގެ ތެރެއިން ތޫނުއާލަތްތައް ނައްތާލުން.

މަޤާމުގެ ޝަރުތުތައް:

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 14 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  7. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން، ކުރިމަތިލައްވާ ޑިޕާޓްމަންޓްގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް

ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

15 މުހައްރަމް 1442

3 ސެޕްޓެމްބަރ 2020

 

 

 

03 ސެޕްޓެންބަރު 2020
ހޯދާ