ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ފޮތާއި ދަޢުވަތު ކާޑު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ފޮތާއި ދަޢުވަތު ކާޑު (ސިޓީއުރައާއެކު) ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބޭނުމަށް ޕްރިންޓް ކުރަންޖެހޭ ދަޢުވަތު ކާޑާއި އޭ5 ސައިޒުގެ ފޮތް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2020 ސެޕްޓެންބަރު 9 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

މި ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އަދި މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާނަމަ، މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 9 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2020 ސެޕްޓެންބަރު 14 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

15 މުޙައްރަމް 1442

03 ސެޕްޓެންބަރު 2020
ހޯދާ