މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
40 ފެންފިލްޓަރ ހޯދުން

މިއަތޮޅު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެދަށުން ކުރިއަށް ގެންދަން ރާވާފައިވާ، 40 ޔޫވީ ވޯޓަރ ފިލްޓްރޭޓް ސިސްޓަމް  މިކައުންސިލަށް ފޯރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 03 އިން 2020 ސެޕްޓެމްބަރ 06 ދުވަހުގެ 11:00 އަށް ރަޖިސްޓްރީވުމަށް 6720600 ނުވަތަ 7612483 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މަތީގައި ދެންނެވިފައިވާ ނަންބަރުތަކާއި ގުޅުއްވައިގެން  ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅާ އަގުގެ %1 (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅަންވާނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 90 ދުވަހެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 13:15 ގައި ޒޫމްމެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ބައްދަލްވުމުގެ ޒޫމް މީޓިންގ ގެ ލިންކް ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:15  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2020
ހޯދާ