ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ފޮޓޯކޮޕީ މެޝިންތައް ސަރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު 

މި އޮފީހުގެ ފޮޓޯކޮޕީ މެޝިންތައް ސަރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގައި ބޭނުންކުރާ "ޓޮޝިބާ" ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2020 ސެޕްޓެންބަރު 7 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

މި ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އަދި މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާނަމަ، 2020 ސެޕްޓެންބަރު 6 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 7 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2020 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

14 މުޙައްރަމް 1442

02 ސެޕްޓެންބަރު 2020
ހޯދާ