ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ލައިސެންސިންގ އެންޑް ކޮލިޓީ އެޝޫރަންސް ސެކްޝަންގެ ލައިސަންސިންގ އޮފިސަރ މަޤާމު

މަޤާމް :ލައިސަންސިންގ އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމު:

ލައިސަންސިންގ އޮފިސަރ             

މަޤާމުގެ ނަންބަރު:

J-269502

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ (ލައިސެންސިންގ އެންޑް ކޮލިޓީ އެޝޫރަންސް ސެކްޝަން)

މުސާރަ:

މަހަކު -/5610ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވެންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.03ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ޑްރަގް އެޖެންސީއާއި މިއެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގެ ހިންގުމާއި، ޕްރޮގްރާމްތައް އަދި ސްޓޭންޑަރޑް ހުންނަނީ ކަނޑައެޅިފައިވާ މިންގަނޑަށްތޯ ބަލައި ގެންނަން ފެންނަ އިޞްލާޙުތައް ފާހަނގަކޮށް ވެރިންނަށް ހުށަހެޅުން.
  2. ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ހުއްދަލިބިގެން ރާއްޖެއިންބޭރު ފަރުވާއަށް ފޮނުވާ ސެންޓަރުތަކަށް ކޮންމެ އަހަރަކު 1 ފަހަރު ޒިޔާރަތްކޮށް ސެންޓަރުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ހެދިފައިވާ ސްޓޭންޑަރޑްތަކާއި ކަނޑައެޅިފައިވާ މިންގަނޑަށްތޯ ބަލައި ގެންނަން ފެންނަ އިޞްލާޙުތައް ފާހަނގަކޮށް ރިޕޯރޓް އެކުލަވާލައި އެ ސެންޓަރަކަށާއި ޑިވިޝަނުގެ ވެރީންނަށް ހުށަހެޅުން.
  3. ޖަދުވަލު 3 ގައިވާ ޕްރިކާސާ ކެމިކަލްސްތަކަށް ހުއްދަދިނުމާއި ކެމިކަލްސް ރައްކާކޮށްފައި ހުންނަނީ ރަޖިސްޓްރީ ކުރެވިފައިވާ ގުދަނެއްގައިތޯ ޔަޤީން ކުރުމާ، އެފަދަ ކެމިކަލްސް ވިއްކާ ހެދުމުގައި އެ މަޢުލޫމާތު ރެކޯރޑްކުރެވިފައިތޯ ބަލާ ރިޕޯރޓެއް ހެދުން.
  4. ނޭޝަނަލް ޑްރަގް އެޖެންސީން ހުއްދަދީގެން ރާއްޖޭގައި ހިންގާ ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒްތަކަށް އަހަރަކު 2 ފަހަރު ވިޒިޓްކޮށް ފަރުވާ ދެވެނީ ހެދިފައިވާ ސްޓޭންޑާރޑްތަކާއި، ގައިޑްލައިންތައް އަދި މިންގަޑުތަކާއި އެއްގޮތަށްތޯ އަދި ކޯޓް އަމުރުގައިވާ ކްލާސްތައް ޤަވަޢިދުން ނަގަމުން ދޭތޯ ބަލާ ޑިވިޝަނުގެ ވެރީންނަށް ރިޕޯރޓެއް ދިނުން.
  5. މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ލެބޯޓްރީ ޓެސްޓްތައް ހެދުމަށް މިހާރު ހުއްދަދީފައިވާ ލެބޯރަޓަރީތަކުގެ މަސައްކަތްތައް ހިނގަނީ ހެދިފައިވާ ސްޓޭންޑަރޑް ތަކާއި، ގައިޑްލައިންތަކާ އެއްގޮތަށްތޯބަލާ، އެ ފަދަ ލެބޯޓްރީތަކުގައި ކުރެވޭ ޓެސްޓްތައް ރިކޯރޑްކޮށް ބެލެހެއްޓިފައިވޭތޯ އަހަރަކު 1 ފަހަރުބަލާ ޑިވިޝަނުގެ ވެރީންނަށް ރިޕޯރޓެއް ދިނުން.
  6. އިންޑިކޭޓިވް އެސެސްމެންޓް ހެދުމަށާއި ޑްރަގް ޑިޕެންޑެންސް އެސެސްމެންޓް އަދި އިންޑިވިޖުއަލް ކައުންސެލިން ދިނުމަށް ދޫކުރެވޭ ލައިސަންސް ދޫކުރުމާއި، އޭގެ ރިކޯރޑްސް ބެލެހެއްޓުން.
  7. ނޭޝަނަލް ޑްރަގް އޭޖެންސީން ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ދޫކުރާންޖެހޭ ލައިސަންސް ދޫކުރުމާއި، ލެބޯޓްރީތަށް ހިންގުމަށް ދޫކުރެވޭ ލައިސަންސް ދޫކުރުމާ އޭގެ ރިކޯރޑްސް ބެލެހެއްޓުން.
  8. ނޭޝަނަލް ޑްރަގް އެޖެންސީއާއި މިއެޖެންސީގެ ދަށުން ހިންގާ އެންމެހާ ސެންޓަރުތަކުގައި ބޭހުގެ ސްޓޮކް ޤަވައިދުން ބަލަހައްޓާތޯއާއި، މެޑިކަލް ފަރުވާ ދެވޭ ބަލިމީހުންނާއި، ބަލިމީހުންގެ ރެކޯރޑްސް ބެލެހެއްޓިފައި ހުރިތޯއާއި އަދި ދެވޭ ފަރުވާގެ  އެހެނިހެން ކަންކަން ރެކޯރޑް ކުރެވިފައިވޭތޯ ބަލައި އަހަރަކު 2 ފަހަރު މަރުކަޒްތަކަށް  ޒިޔާރަތްކޮށް ރިޕޯރޓް ހުށަހެޅުން.
  9. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުތުތައް:

އެޑްމިނސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއެޖެންސީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:         

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.

3. މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ.

4. އިންޓަވިއުގެ މާކްސް.

5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

6. ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް، މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިއެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެންބަރު 2020 ވާ ބުދަދުވަހުގެ 11:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ސެޕްޓެންބަރު 15 އާއި 2020 ސެޕްޓެންބަރު 22އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ 2A އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                   13  މުޙައްރަމް 1442

                  01 ސެޕްޓެންބަރު 2020                                      

01 ސެޕްޓެންބަރު 2020
ހޯދާ