ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޝަން ސެކްޝަންގެެ އެސިސްޓެންޓް ޑިރެކްޓަރ މަޤާމު

މަޤާމް :އެސިސްޓންޓް ޑިރކްޓަރ
ބޭނުންވާ އަދަދު :1

މަގާމު:

އެސިސްޓެންޓް ޑިރެކްޓަރ             

މަޤާމުގެ ނަންބަރު:

J-285566

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ (އެޑްމިނިސްޓްރޭޝަން ސެކްޝަން)

މުސާރަ:

މަހަކު -/7035ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވެންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.03ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ތަންތަނުގެ ޢިމާރާތްތައް ބެލެހެއްޓުމާއި، ބަޖެޓް ލިބޭމިންވަރަކުން އެތަންތަނުގެ މަރާމާތުތައް ކުރެވޭނެ އިންތިޒާމްތައްރާވާ ހިންގާ ބެލެހެއްޓުން އަދި ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުން.

2- ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ބިންބިމާއި، ލޭންޑް ސްކޭޕިންއާއި އިމާރާތްތަކާއި، ވެހިކަލްތަކާއި ރަޖިސްޓްރީތަކާއި ހަރުމުދަލުގެ އިންވެންޓްރީ މާލިއްޔަތުގެ ގަވާޢިދާއެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމްރާވާ ހިންގާ އަހަރަކު ދެ ފަހަރު އިންވެންޓްރީ، ސްޓޮކް ބަލާ ޗެކްކޮށް ސަމަރީ ރިޕޯޓެއް އެކުލަވާލާ ސުޕަވައިޒަރަށް ހުށަހެޅުން. އަދި މިކަންކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ކުރުވާ ބެލެހެއްޓުން.

3- ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރ އިންދޭ ޚިދުމަތް ސިވިލްސާވިސް ރީފޯމް މެނުއަލްގައިވާ މިންގަނޑަށް ދިނުމުގެ އިންތިޒާމް ކޮށް އެޚިދުމަތް ދެވޭމިންގަޑުތައް މޮނިޓަރކޮށް ޚިދުމަތްދެމުން ގެންދިއުން.

4- ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މިއެޖެންސީގެދަށުން ހިގަމުންދާ ތަންތަނަށް ގަނެވޭ ތަކެތީގެ ސްޓޮކް މާލިއްޔަތުގެ ގަވާޢިދާއެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމްރާވާ ހިންގާ އެމަސައްކަތް މޮނިޓަރ ކުރަމުން ގެންދިއުން. 

5- ނޭޝަނަލް ޑްރަގް އޭޖެންސީ އިން ސެންޓަރުތަކަށް ފޮނުވަންޖެހޭ ތަކެތި ޤަވާއިދުން ފޮނުވޭނެގޮތް ހަމަޖައްސާ އެކަންހިންގާ ބެލެހެއްޓުން.

6- ނޭޝަނަލް ޑްރަގް އޭޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ތަންތަނުން އައުޓްސޯސް ކޮށްގެން ހޯދަމުންދާ ޚިދުމަތްތަކާއި ކޮންޓްރެކްޓް އުސޫލުން ކުރެވޭ މަސައްކަތްތައް ހިންގޭނެ އިންތިޒާމްތައް ރާވާ ހިންގާ ބެލެހެއްޓުން. އަދި އެމަސައްކަތްތައްހިގަމުންދާއިރު ދިމާވާ މައްސަލަތައް ހައްލުކޮށް ފިޔަވަޅުއަޅަންޖެހޭ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

7- ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ޖަލްސާ ، ވޯރކްޝޮޕް އަދި ސެމިނަރތަކަށް ސެކްޝަންތަކުން އެދޭ އެޑްމިންއާއި ގުޅުންހުރި މަސައްކަތްތަކުގެ އިންތިޒާމް ރާވާ ހިންގުން.

8- އެން.ޑީ.އޭގެ ދުވަހުގެ ޔައުމިއްޔާ ލިޔެބެލެހެއްޓޭނެ އިންތިޒާމްރޭވުމާއި، އަހަރީ ރިޕޯޓް ނިންމަންޖެހޭ ދުވަހަށް ނިންމާ ރިޕޯޓް ފޮނުވުމާއި ކުރިޔަތްއޮތް އަހަރުގެ އެޑްމިންއާއގުޅޭ ހުރިހާ ދާއިރާއެއެއްގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަންއިން ކަނޑައަޅާ ތާރީޚަކަށް ފޮނުވުން.

9- ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މިއެޖެންސީގެދަށުން ހިގަމުންދާ ތަންތަނަށް ބޭނުންވާ ޔުޓިލިޓީގެ ޚިދުމަތްތައް މެދުނުކެޑި ރައްކާތެރިކަމާއެކު ލިބޭނެގޮތް އިންތިޒާމްހަމަޖައްސާ އެމަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުވުން.

10- ނޭޝަނަލް ޑްރަގް އޭޖެންސީއިންކުރާ ކަނޑުދަތުރުތަކާއި އަދި އެއްގަމުދަތުރުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމްތައްރާވާ ހިންގާ އެމަސައްކަތް ވިލަރެސްކުރުން. 

11- ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ސުޕަވައިޒުކުރުމުގެ މަސައްކަތްތަކާއި، ޕާފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތްކުރުން.

12- ނޭޝަނަލް ޑްރަގް އޭޖެންސީގެ އިންފޮމޭޝަން ޓެކްނޮލްޖީ ސެކްޝަންއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގޭނެ އިންތިޒާމްތައްރާވާ އެސެކްޝަނުގެމަސައްކަތްތައް ވިލަރެސް ކުރަމުން ގެންދިއުން.

13- އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގައި ނީލަން ކިޔަން ހުންނަ ހަރުމުދަލާ އެހެނިހެން ތަކެތި ނީލަން ކިއުމުގެ  އެންމެހާ މަސައްކަތްތައްކޮށް ނީލަން ކިޔައިގެން ލިބޭ ފައިސާ ސަރުކާރުގެ މާލީ އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތްކުރުން.

14- އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ތަރައްޤީކޮށް އެޚިދުމަތް މެދުނުކެޑި ދެވޭނެ ގޮތަކަށް އެމަސައްކަތް ހިންގާ ބެލެހެއްޓުން.

15- އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ހުރިހާ ސެންޓަރުތަކަށް ހޯދޭ ޚިދުމަތްތަކުގެ ތެރެއިން އެޑްމިންއާއި ގުޅުންހުރި ހުރިހާ ޚިދުމަތަކަށް ލިބެންޖެހޭ ބިލްތައް ވީހާއަވަހަކަށް ހޯދާ މާލިއްޔަތު ޤަވާއިދާއެއްގޮތަށް ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބަޖެޓަށް ފޮނުވުން.

16- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުތުތައް:

1. އެޑްމިނސްޓްރޭޝަން، މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު އެޑްމިނސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނސްޓްރޭޝަން، މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު އެޑްމިނސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެޑްމިނސްޓްރޭޝަން، މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއެޖެންސީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:         

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.

3. މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ.

4. އިންޓަވިއުގެ މާކްސް.

5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

6. ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް، މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިއެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެންބަރު 2020 ވާ ބުދަދުވަހުގެ 11:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ސެޕްޓެންބަރު 15 އާއި 2020 ސެޕްޓެންބަރު 24އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ 2A އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                                13  މުޙައްރަމް 1442

                               01 ސެޕްޓެންބަރު 2020                                      

 

01 ސެޕްޓެންބަރު 2020
ހޯދާ