މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫކޮށްފައިވާ ހަރުގެ ބިންތަކާއި ގުޅޭ

އިޢުލާން

                             

ދޫކޮށްފައިވާ ހަރުގެ ބިންތަކާއި ގުޅޭ

           

މިރަށުން މިހާތަނަށް އޮޑިދޯނި ފަހަރަށު ބަނުމުގެ މަސައްކަތަށް ދޫކުރެވި، އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާ ބިންތައް ދޫކުރެވިފައިވާ ފަރާތްތަކާއި، މިކައުންސިލާ ދެމެދު ވަގުތީ އެއްބަސްވުމެއް ހަދާ އެބިންތަކުން ރައްޔިތުންނަށް ލިބެންޖެހޭ ބިމުކުލި ހޯދޭނެ ގޮތެއް ހަމަޖެއްސުމަށް ކައުންސިލުން ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި، މިދެންނެވި ވަގުތީ އެއްބަސްވުމެއް ހެދުމަށް، ވާނީ އެފަރާތްތަކަށް މުހުލަތެއްދީ، ވަކިވަކިން ސިޓީއަކުން އެފަރާތްތަކުގައި ދެންނެވިފައެވެ. ނަމަވެސް، ދެވިފައިވާ މުހުލަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން، މިއިދާރާއަށް ޙާޟިރުވެ ވަގުތީ އެއްބަސްވުމުގައި ސޮއި ކޮށްފައި ނުވާތީ، އަލުން 15 ދުވަހުގެ މުހުލަތެއް ދިނުމަށް 2020 އޮގަސްޓު 27ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ.

ވީމާ، ރ.އަލިފުށީ އިރުމަތީ ފަރާތުގައި ހުރި އޮޑިހަރުގެތަކުގެ ތެރެއިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ހަރުގެ ބިންތަކުގެ ވެރިފަރާތްތަކުން، މިހިނގާ ސެޕްޓެންބަރު މަހުގެ 16ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، ވަގުތީ އެއްބަސްވުމުގައި ސޮއި ކުރުމަށް ދަންނަވަމެވެ. އަދި މިދުވަހު މުހުލަތު ނިމޭއިރު ވަގުތީ އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކުގެ ބިންތަކުގެ މައްސަލަ ޙައްލު ކުރުމަށް ޝަރީޢަތަށް ހުށަހެޅޭނެއެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

13  މުޙައްރަމް  1442

01 ސެޕްޓެންބަރު 2020

01 ސެޕްޓެންބަރު 2020
ހޯދާ