މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބޭސް ލައިން ސްޓަޑީ އެއް ހައްދަވާ ދެއްވާނެ ފަރާތެއް ހޯދުމަށް

ސާކް ޑިވޮލަޕްމަންޓް ފަންޑުގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފެށުމަށް ހަމަޖެހިފައިވާ "ލައިވްލިހުޑް އެންހާންސްމެންޓް އޮފް ރޫރަލް ޕުއަރ އިން ސާކް ރީޖަން ތުރޫ ސްމޯލް ސްކޭލް އެގްރޮ ބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވޮލަޕްމަންޓް" ޕްރޮޖެކްޓްގެ ބޭސް ލައިން ސްޓަޑީއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 11.00 އަށް މިނިސްޓްރީ އޮފް ފިޝަރީޒް. މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަނގިފިލާ، އަމީރު އަހުމަދު މަގު )އަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339219/ 3339261 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް ނުވަތަ މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.

 ނޯޓް: ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 08 (އަށެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

01 ސެޕްޓެންބަރު 2020
ހޯދާ