މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

2. މި ބީލަމާއިގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 06 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައެވެ.

3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައެވެ.

4. މި ބީލަމާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ.

5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ  13 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިމުން ފޮނުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3302241

އީ-މެއިލް: [email protected]

31 އޮގަސްޓް 2020
ހޯދާ