ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މި އިޢުލާންވަނީ 17 ސެޕްޓެންބަރު 2020 17:52 ގައި ބާތިލް ކުރެވިފައެވެ.


 ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް 01 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ   ފެންވަރު ބެލުމަށްފަހު)

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް މެނޭޖަރ ގްރޭޑް-5

 މުސާރަ:

 މަހަކު -/9250 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/4150 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ  ގެ ފުރަތަމަ ފަންގިފިލާ)

 ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   8 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

 -  މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް  5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3   އަހަރު  ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން ޝަރުތު:

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު  މަސައްކަތްތައް:

 - ކޯޕަރޭޝަނުން ބާއްވާ ބައްދަލުވުންތަކާއި އިވެންޓްތަކުގެ ފޮޓޯނަގާ ޚަބަރު ހަދަންޖެހޭ   އިވެންޓްތަކުގެ ހަބަރުހަދާ ވެބްސައިޓް، ޓުވިޓަރ އަދި ފޭސްބުކް އަށް އަޕްލޯޑް ކުރުމުގެ މަސައްކަތް ރާވައި ހިންގުން.

 - ކޯޕަރޭޝަނުން ބައިވެރިވާ އެކިއެކި އިވެންޓްތަކާއި ބައްދަލުވުންތަކުގެ ފޮޓޯނަގާ ޚަބަރު   ހަދަންޖެހޭ  އިވެންޓް ތަކުގެ ހަބަރުހަދާ ވެބްސައިޓް، ޓުވިޓަރ އަދި ފޭސްބުކް އަށް އަޕްލޯޑް   ކުރުމުގެ މަސައްކަތް ރާވައި ހިންގުން.

 - ކޯޕަރޭޝަނުން ކުރާމަސައްކަތާ ގުޅޭގޮތުން ބާއްވަން ޖެހޭ ނޫސް ކޮންފަރެންސްތައް ބޭއްވުމުގެ   މަސައްކަތް ކުރުން.

 - ކޯޕަރޭޝަނުން ބާއްވާ އެކި ރަސްމިއްޔާތުތަކުގައި މެނޭޖިންގ ޑިރެކްޓަރ ދެއްވާ ޚިތާބުތަކާއި   އަދި މީޑިޔާގެ ޒަރީޢާއިން ފޯރުކޮށްދޭ މުހިންމު މަޢުލޫމާތުތަކުގެ އޯޑިޔޯ، ފޮޓޯ، ވީޑިޔޯ އަދި   ޕްރެސް  ކަޓިންގ އާކައިވްކުރުން.

 - ކޯޕަރޭޝަނުން ހިންގޭ މުހިއްމު ޕްރޮގްރާމްތަކާ ގުޅިގެން ނެރެންޖެހޭ ފޮތްތައް އެކުލަވާލާ   ޕަބްލިޝްކުރުން.

 - ކޯޕަރޭޝަނުން ނެރެންޖެހޭ ނޫސް ބަޔާންތައް ތައްޔާރުކޮށް އާއްމުކުރުމުގެ މަސައްކަތްކުރުން.

 - މީގެ އިތުރުން، ކޯޕަރޭޝަނުން އާންމުންނަށް ފޯރުކޮށްދެންޖެހޭ މަޢުލޫމާތުތައް ފެތުރުން.

 މަޤާމް:

 ރޯޑް ކޮންސްޓްރަކްޝަން އޮފިސަރ

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ   މަސައްކަތުގެ  ފެންވަރު ބެލުމަށްފަހު)

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

 މުސާރަ:

 މަހަކު -/5500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/2200 ރުފިޔާ

 އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 - ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

 ފެންވަރު ނުވަތަ ޝަރުތު:

 - ޖީ.ސީ.އީ އޭ ލެވެލް 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ   ދާއިރާއިން މަދުވެގެން 01 (އެކެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު   މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ،

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން ޝަރުތު:

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު  މަސައްކަތްތައް:

 - ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް އެއްބަސްވުމާއި އެއްގޮތަށް   ތަންފީޒު ކުރުމުގެ އެންމެހާ މަސައްކަތް ކުރުވުން.

 - ކޯޕަރޭޝަނަނުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދަނީ ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ   މަތިންކަން ކަށަވަރުކުރުން.

 - ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތް ކުރުން.

 - ޕްރޮޖެކްޓްތަކަށް ކަނޑައެޅިފައިވާ ސްޓޭންޑަރޑްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ   މަސައްކަތްތައްކުރުން.

 - ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުވުން.

 މަޤާމް:

 ޕްރޮޑަކްޝަން އޮފިސަރ

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް 01 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ   ފެންވަރު ބެލުމަށްފަހު)

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

 މުސާރަ:

 މަހަކު -/5500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/2200 ރުފިޔާ

 އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ  ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

 ފެންވަރު ނުވަތަ ޝަރުތު:

 - ޖީ.ސީ.އީ އޭ ލެވެލް 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ   ދާއިރާއިން މަދުވެގެން 01 (އެކެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު   މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ،

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން ޝަރުތު

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -ޕްރޮޑަކްޝަން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ރިކުއެސްޓް ތައްޔާރުކުރުން.

 - ޕްރޮޑަކްޝަންގެ މަސައްކަތްތައް ޝެޑިއުލްތަކާއި އެއްގޮތަށް ކުރުމުގައި އިދާރީ އެހީތެރިކަން   ފޯރުކޮށްދިނުން. 

 - މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.

 - ޕްރޮޑަކްޝަންއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.

 މަޤާމް:

 އެސިސްޓެންޓް ޕްރޮޑަކްޝަން އޮފިސަރ

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް 01 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ   ފެންވަރު ބެލުމަށްފަހު)

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

 މުސާރަ:

 މަހަކު -/4000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/1600ރުފިޔާ

 އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ  ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ  ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

 ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ނުވަތަ   04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

 - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު   މަސައްކަތުގެ ދާއިރާއިން މަދުވެގެން  01 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން ޝަރުތު

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ޕްރޮޑަކްޝަން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ރިކުއެސްޓް ތައްޔާރުކުރުން.

 - ޕްރޮޑަކްޝަންގެ މަސައްކަތްތައް ޝެޑިއުލްތަކާއި އެއްގޮތަށް ކުރުމުގައި އިދާރީ އެހީތެރިކަން   ފޯރުކޮށްދިނުން. 

- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.

- ޕްރޮޑަކްޝަންއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.

 ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 08 ސެޕްޓެމްބަރ   2020  ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ   މެއިލް ([email protected]) އަށް ފޮނުވަންވާނެއެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ   ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް   އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު   ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ   ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ   ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ސެޕްޓެމްބަރ މަހުގެ ތާރިޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

12 މުޙައްރަމް  1442

31 އޮގަސްޓު  2020

31 އޮގަސްޓް 2020
ހޯދާ