މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާގުޅޭގޮތުން މިނިސްޓްރީން ކޮށްފައިވާ އިޢުލާން ބާޠިލް ކުރުމާއި ގުޅޭ

އިޢުލާން

 

1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާގުޅޭގޮތުން މިނިސްޓްރީން ކޮށްފައިވާ އިޢުލާން ބާޠިލް ކުރުމާއި ގުޅޭ

 

1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާގުޅޭގޮތުން މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު (IUL)142-C2/142/2020/13 (09 ފެބްރުއަރީ 2020) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރު ޙައްޖު ގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސަޢޫދީޢަރަބިއްޔާގައި ދިރިއުޅޭމީހުންނާއި އެ ޤައުމުގައި މިހާރު އުޅޭ އެކި ޤައުމުގެ މީހުންނަށް އެކަނި ކަމަށް ކަޑައަޅައި ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން އެކަން އެންގުމާއި ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ފުރުޞަތު ލިބިފައިނުވާތީ މަތީގައި ޙަވާލާދީފައިވާ އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 އަދި ޕްރޮޕޯސަލް ހުށަހަޅާފައިވާ ކުންފުނިތަކުން މި ނިންމުމާއި ގުޅިގެން  ޢަމަލު ކުރާނެގޮތް ކުންފުނިތަކާއި މި މިނިސްޓްރީން ޙިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.

 

12 މުޙައްރަމް 1442

31 އޮގަސްޓް 2020

31 އޮގަސްޓް 2020
ހޯދާ