މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ އަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ހުއްދަ ނަގަންނުޖެހޭ ކެމިކަލް ތަކުގެ ލިސްޓަށް ގެނެވިފައިވާ އިސްލާހާގުޅޭ

އިޢުލާން

 

ދިވެހިރާއްޖެ އަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ހުއްދަ ނަގަންނުޖެހޭ ކެމިކަލް ތަކުގެ ލިސްޓަށް ގެނެވިފައިވާ އިސްލާހާގުޅޭ

 

 

 

ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019) ގެ 3 ވަނަ މާއްދާ އާއި އެގަވާއިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެ 1 ވަނަ މާއްދާގެ ދަށުން މި މިނިސްޓްރީން އާންމު ކޮށްފައިވާ، ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ހުއްދަ ނަގަންނުޖެހޭ ކެމިކަލް ތަކުގެ ލިސްޓަށް ގެނެވިފައިވާ އިސްލާހާއި ގުޅިގެން، މި ލިސްޓުގައި ހިމެނިފައިވާ "Argon gas" އަދި "Helium gas" އެ ލިސްޓުން އުނިކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. އެހެންކަމުން މި އިން އެއްވެސް ގޭހެއް ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުރައްކާތެރި ކެމިކަލާއި ބެހޭ ގަވާއިދު 2019 އާއި އެގަވާއިދުގެ އެއްވަނަ އިސްލާހުގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ދަންނަވަމެވެ.

 

11 މުހައްރަމް 1442

30 އޯގަސްޓް 2020

30 އޮގަސްޓް 2020
ހޯދާ