އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ހަންޏާމީދޫ އެދުރުހިޔާ އިމާރާތުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން

          އދ.ހަންޏާމީދޫ އެދުރުހިޔާ ބިމުގައި ކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ

          ވީމާ، މިމަސައްކަތް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކަށް ބިޑު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

         މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެށް 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގައި އޮންނާނެއެވެ.

         މި ކަމަށް އެދި ބިޑު ހުށައެޅޭނީ މިއިދާރާގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.

         ބިޑުހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދާނީ 1 ސެޕްޓެމްބަރ 2020 އިން 8 ސެޕްޓެމްބަރ 2020 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މި އިދާރާގައެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6680056 ފޯނަށް ގުޅުއްވަވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.

         ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެމްބަރ  2020ވާ ބުދަދުވަހުގެ 13:00ގައި މި އިދާރާގައެވެ.

        އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

27 އޮގަސްޓް 2020
ހޯދާ