ދިވެހިރާއްޖެ
ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ޑިޕާޓްމަންޓުން ފޯރުކޮށްދެމުން ގެންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް މި ޑިޕާޓްމަންޓުން ވަކި ގޮތެއް އަންގަންދެން ފޯމު ބަލައިގަތުން މިހާރު ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. އަދި އޮންލައިންކޮށް ރެކޯޑު ސާފުކުރުމަށް ފޯމު ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތުތައް އަދި ލިޔެކިއުންތައް ހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
- ރެކޯޑް ސާފުކުރާ ފޯމް (ފޯމް ފުރިހަމަ ކުރައްވާއިރު ދާއިމީއެޑްރެހަށް އައިސްފައިވާ އެންމެހާ ބަދަލުތައް ،އަދި ދަފްތަރު، ފްލެޓް ނުވަތަ ހުޅުމާލޭގެ އެޑްރެހުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައްކަމަށް ވާނަމަ އެ އެޑްރެހަކަށް ބަދަލުވުމުގެ ކުރީގެ ދާއިމީއެޑްރެސް އެނގޭނެހެން ފުރިހަމަ ކުރެއްވުން)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
- ދިވެހި ރައްޔިތެއް ނޫންނަމަ ޕާސްޕޯޓުގެ ސާފު ކޮޕީއެއް
- ކޮމްޕެނީއެއްގެ ރެކޯޑު ސާފުކުރާނަމަ ކޮމްޕެނީގެ ރަޖިސްޓްރީ ގެ ސާފު ކޮޕީއެއް
- ފޯމުގެ ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރު
- ފޯމް ފޮނުވާފައިވާ މެއިލް އެޑްރެސް ނޫން އެހެން މެއިލް އެޑްރެހައަކަށް ޖަވާބު ފޮނުވަން ބޭނުން ވާނަމަ އެމެއިލް އެޑްރެސް ފޮނުވުން.
މަތީގައިވާ މަޢުލޫމާތު ހިމަނައިގެން ޕީޑީއެފް ކޮޕީއެއް [email protected] އަށް އީމެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެލައްވާނަމަ 3340811,3340812 ނަންބަރު ފޯނަށް ގުޅުއްވާށެވެ.
08 މުޙައްރަމް 1442