ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީ.އެމް.އެސްގެ ތަމްރީންތަކަށް ބޭނުންވާ ތަކެތި ގަތުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ސީ.އެމް.އެސް) ގެ މެރިޓައިމް ތަމްރީންތަކަށް ބޭނުންވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2020/28 އިއުލާނަށް އިޖާބަދެއްވި ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިވެފައިވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި ތަކެތި ފޯރިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވިލިމާލޭގައި ހުންނަ މި ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގައި 2020 ސެޕްޓެމްބަރ 02 ވާ ބުދަ ދުވަހުގެ 10:30 ގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލްގެ ޒަރިއްޔާއިންނެވެ. ބީލަން އީ-މެއިލް ކުރުމަށް ހުޅުވާލެވެނީ 2020 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 10:30 ން  10:40 ށެވެ. މި ގަޑީގެ ކުރިން ނުވަތަ ފަހުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.
  3. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

 

ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް،

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345110

އީ-މެއިލް: [email protected]

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

ސީ.އެމް.އެސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ހަނދުވަރީހިނގުން މާލެ، ދިވެހިރާއްޖެ

ފޯން:  3390681،

އީ-މެއިލް:  [email protected]

    

 

 

 

  

 

 

 

30 އޯގަސްޓް 2020

 

30 އޮގަސްޓް 2020
ހޯދާ