މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
10,000 ލީޓަރުގެ 03 ކަޅުހަން ގަތުން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ކުރިއަށްގެންދާ ސްމޯލް ސްކޭލް ވޭސްޓު އެނަރޖީ ޕްރޮޖެކްޓްގެ ދަށުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަންބަރު (IUL)438-WMPC/438/2020/72 އިޢުލާންއަށް އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހަޅުއްވާފައި ނުވާތީ 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 03 ވާ ބުރާސްފަތި  ދުވަހު 13:00 އާއި ދެމެދު  [email protected] އަށް އަދި  [email protected] އަށް ކޮޕީކުރައްވާ، އީމެއިލް ކުރައްވަންވާނެއެވެ. ރަޖިސްޓްރީ ކުރުމަށް މެއިލްކުރައްވާއިރު އީމެއިލްގެ ސަބްޖެކްޓްގައި" Bid registration: Procurement of 10،000 Ltr Tank - (IUL)438-WMPC/438/2020/146 " ލިޔަން ވާނެއެވެ. އަދި މެއިލްގައި ތިރީގައިވާ މައުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ކުންފުނީގެ ނަން:
  2. ކުންފުނީގެ ރެޖިސްޓްރޭޝަން ނަންބަރު:
  3. ކުންފުނި ރިޕްރެސެންޓް ކުރާ ފަރާތުގެ ނަން:
  4. ފޯން ނަންބަރު:

 ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45  ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2020 ސެޕްޓެމްބަރު 07 ވާ ހޯމަ ދުވަހު 10:00  ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ސެޕްޓެމްބަރު 07 ވާ ހޯމަ ދުވަހު 10:00  ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 03 ސެޕްޓެމްބަރ 2020  ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ:[email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ  ބަންދުކުރެވިފައިވާ ސިޓި އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫއުގެ ނަން: 10،000 ލީޓަރުގެ 03 ކަޅުހަން ރ.ވަންދޫއަށް ސަޕްލައިކުރުން

އިޢުލާނު ނަންބަރު: (IUL)438-WMPC/438/2020/146

ހުށަހަޅާ ފަރާތުގެ ނަން:

ހުށަހަޅާ ފަރާތުގެ ފޯނުނަންބަރު:
ހުށަހަޅާ ފަރާތުގެ އީމެއިލްއެޑްރެސް:

 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

30 އޮގަސްޓް 2020
ހޯދާ