މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނައުން

އިޢުލާން

 

ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނައުން

 

ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެވިފައިވާތީ، 30 އޮގަސްޓް 2020 އިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި، ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށެވެ.

     

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

 

ވީމާ، މި އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރިކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 އޮގަސްޓް 2020
ހޯދާ