މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މިނިސްޓްރީން  އެގްރިކަލްޗަރ ވެލިޔު އެޑިޝަން / ޕްރޮސެސިންގ ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނަގަން ކަނޑައަޅުއްވާފައިވާތީ، އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 06 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ 3339260، 3339204 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ. އަދި މިމަސައްކަތް ކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.

 ނޯޓް: ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

27 އޮގަސްޓް 2020
ހޯދާ