ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީހުރި A ކެޓަގަރީގެ (ފުވައްމުލަކު ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ) 40 (ސާޅީސް) ފްލެޓާއި، B ކެޓަގަރީގެ (ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ) 7 (ހަތެއް) ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 2020 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ.  މިފުރުޞަތުގައި، ނަންބަރ (IUL)468-LID/468/2019/169 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުޠުހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ފޯމްތައް މިފުރުޞަތުގައި ހިމެނުމަށް ބޭނުންފުޅުވާނަ ސިޓީއަކުން އެކަން ހުށަހެޅުއްވުން އެދެމެވެ. އަދި މިދެންނެވި ފޯމްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމް ހުށަހެޅުއްވުން އެދެމެވެ.

ފްލެޓަށް އެދިލައްވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިޔަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި (ހެދުނު 08:30 ން މެންދުރުފަހު 14:00 އަށް) ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން (ކުރީގެ ރަށުކައުންސިލްތަކުގެ އިދާރާ) އިންނެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

27 އޮގަސްޓް 2020
ހޯދާ