މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮވިޑް-19 ވަބާ އާ ގުޅިގެން، މިހާލަތުގައި ސަނަދު ވެލިޑޭޓް ކުރަމުން އައި އުޞޫލަށް ލުއިދިނުން.

ކޮވިޑް-19 ވަބާ އާ ގުޅިގެން، މިހާލަތުގައިސަނަދު ވެލިޑޭޓް ކުރަމުން އައި އުޞޫލަށް ލުއިދިނުން

 

                    ދިވެހިރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން،  ސަނަދުގެ ފެންވަރު ބެލުމަށް ހުށަހެޅުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށްޓަކައި މި އޮތޯރިޓީގެ ގަވަރނިންގ ބޯޑުން 22 ޖުލައި 2020 ގައި އޮތް މި އަހަރުގެ 3 ވަނަ ބައްދަލުވުމުގައި " ކޮވިޑް-19 ވަބާ އާ ގުޅިގެން، މިހާލަތުގައި ސަނަދު ވެލިޑޭޓް ކުރަމުން އައި އުސޫލަށް ލުއިދިނުން" މި އުޞޫލު ވަނީ ފާސްކޮށްފައެވެ.

                    މި އުޞޫލުގެ ދަށުން މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ތިއްބަވާ ފަރާތްތަކަށް ލިޔުންތަކުގެ ޢަސްލު މި އޮތޯރިޓީ އަށް ހުށަހެޅުމަށް ދަތިވާތީ، އެބޭފުޅަކު ހުންނެވި ރަށެއްގައި ހުންނަ ކައުންސިލުން ލިޔުންތައް "އެޓެސްޓް" ކޮށް ކައުންސިލް މެދުވެރިވެގެން މި އޮތޯރިޓީއަށް ހުށަހެޅޭގޮތަށް މިވަނީ ފުރުޞަތު ފަހިކޮށްދީފައެވެ.

 

      ވުމާއެކު، 01 ސެޕްޓެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ވަބާގެ އިމަރޖެންސީ ޙާލަތު ނިމެންދެން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުން  ކަމާބެހޭ ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށްވަރުކުރުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

08 މުޙައްރަމް 1442ހ.

27 އޮގަސްޓް 2020މ.

27 އޮގަސްޓް 2020
ހޯދާ