މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާރޑްސްގެ ރިޔާސީ ފްލީޓްގެ މަގާމުތަކަށް މީހުން ހޯދުން.

ކޮންޓްރެކްޓް އުޞޫލުން އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

މަޤާމް

ލޯންޗް ކެޕްޓަން

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/6295 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ،ޑީގެ ލައިސަންސް ލިބިފައިވުން.
  • ނިޔަމިކޯސް/ ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އިންބޯޑް އިންޖީނުއެޅި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބި 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • އިނގިރޭސިބަހުން ލިޔެފައިހުންނަ ތަކެތި ލިޔަން ކިޔަން އެނގުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

ފަޅުވެރި (ޖީ.އެސް 3)

ބޭނުންވާ ޢަދަދު

3

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ
  • މި ދާއިރާގައި ލޯންޗް ފަޅުވެރިއެއްގެ ގޮތުން 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތުޑިއުޓީގައި އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދުދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުޞޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

 

 

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2020 ސެޕްޓެންބަރު 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީ އަށް ހުށަހަޅުއްވާ ސިޓީތައް ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

08 މުޙައްރަމް 1442

27 އޮގަސްޓް  2020 

27 އޮގަސްޓް 2020
ހޯދާ