ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކުނިކޮށި ސާފުކޮށްބަލަހައްޓާދޭނެ މުވައްޒަފުން ބޭނުންވެއްޖެ.

ި އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ " އިހަވަންދޫ ކުނި ކޮށި " ބެލެހެއްޓުމަށްޓަކައި، ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ. 

މަޤާމު.

މަސައްކަތު  

މަޤާމްގެ ނަންބަރު.

-

ބޭނުންވާ ޢަދަދު.

02 (ދޭއް)

މަޤާމުގެ ގިންތި

 މަސައްކަތު

މަޤާމުގެ ރޭންކް.

ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން.

ސަޕޯޓް ސަރވިސް  

ވަޒީފާ އަދާކުރަންޖެހޭ ތަން.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުނި ކޮށި

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން.

 މުނިސިޕަލް ސަރވިސް

މުސާރަ.

-/6000 (ހަހާސް ރުފިޔާ) (މަހަކު)

ރިސްކް އެލަވަންސް:

-/1000 (އެއްހާސް ރުފިޔާ) މަހަކު

ސަރވިސް އެލަވަންސް.

-

އެހެނިހެން އެލަވަންސްތައް.

-

މަސައްކަތް ކުރަންޖެހޭގަޑި

 1. 07 ގަޑިއިރު (މަސައްކަތް ކުރަންޖެހޭ ގަޑި ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ:ހެނދުނު 8:00 ން މެންދުރުފަހު :11.00 އަށް. މެންދުރު ފަހު 2:00 ހަވީރު 6:00 އަށް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

 1. ކައުންސިލްގެ އިދާރާއިން ކުނި ގޮނޑު ސާފުކުރުމުގެ މަސައްކަތް ކުރުމަށް ރާވައި ގޮތެއްގެ މަތިން ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތްތައް ކުރުން.
 2. ކުނި ގޮނޑަށް ގެންގޮސްފައި ހުންނަ ކުނި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެންދުން.
 3. ކުނީގެ ބާވަތްތައް ވަކިކުރުން.
 4. ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ކުނިގޮނޑު ރަނގަޅަށް ބެލެހެއްޓުން.
 5. ކުނީގެ ބައިތައް ވަކި ނުކޮށް ހުންނަ ކުނި އަނބުރާ ފޮނުވައިލުން.
 6. ރަށުގެގޮނޑު ދޮށަށް ކުނި ނޭޅޭނެ ގޮތުގެ މަތިން ކުނި ގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
 7. ހިނަވާގެ ސާފުކޮށް ބެލެހެއްޓުން.
 8. ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން.
 9. ރަށުގަ އެކިސަރަހައްދުގައި ހުރި ޑަސްބިންތައް ކުނިކޮށްޓަށް ގެންދިއުން.

10. މީގެ އިތުރުން ކައުންސިލްގެ އިދާރާއިން އަންގާ އެނޫން މަސައްކަތްތައް ވެސް ކުރުން.

 ޝަރުޠު

 1. އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
 2. އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް.

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިޓީ)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ސެޕްޓެންބަރު 07 ވާ ހޯމަ  ދުވަހު ގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:      [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ސެޕްޓެންބަރު 2020 ވާ އާދިއްތަ ދުވަހާއި  2020 ސެޕްޓެންބަރު 17 ވާ ބުރާސްފަތި  ދުވަހާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން.

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ކުރިން މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު(IUL)248-CAA/248/2020/28 ( 01 މާރިޗު 2020)ގެ އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 އޮގަސްޓް 2020
ހޯދާ