އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ކޮވިޑް ފެސިލިޓީގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް

 ކޮވިޑް ފެސިލިޓީގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް

 މިމަރުކަޒުގައި ޤާއިމްކޮށްފައިވާ ކޮވިޑްފެސިލިޓީގައި ކުރަންހުރި ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  1. އައިސީޔޫގައި ކުރަންހުރި ކުދި މަރާމާތު
  2. ލޯންޑްރީ ބައިގައި ކުރަންހުރި މަސައްކަތްތައް
  3. ސްޓޯރޫމްގައި ކުރަންހުރި ބައެއް މަސައްކަތް
  4. ޖަނަރޭޓަރު ބަހައްޓާނެތަނެއްހެދުން
  5. އައިސީޔޫގެ ކަރަންޓް މަސައްކަތްތައް

 ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

ތަފްޞީލް

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

01 ސެޕްޓެމްބަރ 2020 ވާ އަންގާރަ

14:00

އާމިނާދިޔޯ ޞިއްޙީމަރުކަޒުގެ އޮފީސް

އަންދާސީ ހިސާބު ބަލައިގަތުން

10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި

14:00

 މިކަމަށް އެދި ކުރިމަތިލެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ބަދަލުގައި އައިމީހެއްކަން އަންގައިދޭ ސިޓީއަކާއި ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. އެސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، ކޮވިޑް ފެސިލިޓީގައި ކުރަންހުރި މަސައްކަތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ސިޓީ އުރައިގެ ބޭރުގައި ލިޔުއްވައިފައެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހްތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް މިމަރުކަޒުގެ އޮފީހަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 1 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ ރަސްމީގަޑީގައި 6500501 އާއި ގުޅުއްވުން އެދެމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏27‏ އޮގަސްޓް‏ 2020

27 އޮގަސްޓް 2020
ހޯދާ