ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕިކަޕް ގަތުމާއި ގުޅޭ

        ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު   (IUL)468-U01/468/2020/148އިޢުލާނުގައިވާ ޑެލިވަރީ މުއްދަތު އިތުރު ކުރުމަށްޓަކައި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ ތަފްޞީލް

Island Pickup 4 Wheels/4 seats- 1500kg

Motor: 1500w

Controller: 1500w

Battery: 60v 45AH

Air Condition

Rear Camera

Audio Player/USB/Radio

Quantity: 02

 

މާކްސްދޭނެގޮތް.

އަގަށް       

100%

(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ޑެލިވަރީ މުއްދަތު  

-

(60 ދުވަސްތެރޭ ކައުންސިލަށް ޑެލިވަރީ ކުރާގޮތަށް)

ތަޖުރިބާ       

-

(ވޭތުވެދިޔަ 2 އަހަރު ގުޅުންހުރި މަސައްކަތް ކޮށްފައިވުން)

މާލީ ޤާބިލްކަން   

-

(މަދުވެގެން ހުށަހަޅާ އަގުގެ ފަނަރަ ޕަސެންޓް )

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.

-          އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ތަކެއްޗަށް އެއް އަންދާސީ ހިސާބެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.

-          އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ

 

ހުށަހަޅަންޖެހޭ ތަކެތި. 

 

-          ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-          ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-          މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(

- ޓެކްސް ކްލިއަރެންސް ރިޕޯރޓް.

- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

            (ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

            (ށ) ފުރިހަމަ އެޑްރެސް:

            (ނ) ފޯން ނަންބަރ:

            (ރ) އީމެއިލް އެޑްރެސް:

            (ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު

            (ޅ) ރަޖިސްޓްރީ ނަންބަރ

            (ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :

            (އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:

            (ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ

   (މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ

-          އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

-          އިޢުލާނުގައި ހުށަހަޅަން ދެންނެވިފައިވާ މަޢުލޫމާތު ހުށަނާޅާނަމަ އެފަރާތެއްގެ ބީލަން ބާތިލްކުރެވޭނެއެވެ.

 

އަންދާސީހިސާބު ބަލައިގަތުން.

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.

" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"

ފުވައްމުލައް.

ދިވެހިރާއްޖެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން: 6862830        

  އީމެއިލް: [email protected]  

27 އޮގަސްޓް 2020
ހޯދާ