މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން "އިންކަމް ސަޕޯރޓް އެލަވަންސް" އަށްއެދި ހުށަހެޅުމުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލުމާއިބެހޭ:

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                           ނަމްބަރ:IUL)331/331/2020/35)

 

 

 

އިޢުލާން

 

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން "އިންކަމް ސަޕޯރޓް އެލަވަންސް" އަށްއެދި ހުށަހެޅުމުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލުމާއިބެހޭ:

 

              ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރ މަހުގެ އިންކަމް ސަޕޯރޓް އެލަވަންސަށް އެދުމުގެ ފުރުޞަޠު އިކޮނޮމިކް މިނިސްޓްރީންވަނީ ހުޅުވާލާފައެވެ.

               ވީމާ، ޖުލައި އަދި އޮގަސްޓް މަހުގެ އިންކަމް ސަޕޯރޓް އެލަވަންސް އެދޭ ފަރާތްތަކުން އޮގަސްޓް 31 ގެ ކުރިން އީފާސް އެކައުންޓް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އަދި ސެޕްޓެމްބަރ މަހުގެ އެލަވަންސަށް އެދޭ ފަރާތްތަކުން 30 ސެޕްޓެމްބަރގެ ކުރިން އީފާސް އެކައުންޓް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

      ދެވަނަ ފިޔަވަހީގެ މިއެލަވަންސަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީފާސް އެކައުންޓް ބޭނުންކޮށްގެން ޖޮބް ސެންޓަރ ޕޯރޓަލް: http://jobcenter.mv/ މެދުވެރިކޮށް އޮންލައިން ކޮށެވެ. އީފާސް އެކައުންޓަށް ރަޖިސްޓްރީ ވުމާއި އެޕްލިކޭޝަން ހުށަހެޅުމައިބެހޭ ތަފްޞީލް ޖޮބްސެންޓަރގައި ޝާއިޢުކުރެވިފައިވާކަން ދަންނަވަމެވެ.  

27 ޖުލައި 2020
ހޯދާ