މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން އަމިއްލަ ތަކެތީގައި ސ. ހިތަދޫ ކެމްޕަހުގައި "ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފްގާޑް" ކޯސް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން އަމިއްލަ ތަކެތީގައި ސ. ހިތަދޫ ކެމްޕަހުގައި "ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފްގާޑް" ކޯސް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން އަމިއްލަ ތަކެތީގައި ސ. ހިތަދޫ ކެމްޕަހުގައި ނެޝަނަލް ސެޓިފިކެޓް3  އިން ލައިފްގާޑް ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ޥާނެވެ. (ސީ.ޑީ/ޕެންޑުރައިވް.)

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305417 އާއި ގުޅުއްވުން އެދެމެވެ.

 

06 މުހައްރަމް 1442

25 އޮގަސްޓް 2020

27 އޮގަސްޓް 2020
ހޯދާ