މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ވޭވަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ކޭބަލް ވަޅުލައި ދޭނެފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރ (10-03-2020) (IUL)363-PRJ/PRIV/2020/2 އިޢުލާންގައި ބަޔާންކޮށްފައިވާ ކޭބަލް ވަޅުލުމުގެ މަސައްކަތަށް އިތުރު ބަދަލުތަށްގެންނަން ކައުންސިލުން ބޭނުންވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ތިރީގައި މިދަންނަވާ ގޮތަށް، މ. ވޭވަށުގައި ކޭބަލް ވަޅުލާދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، ވޭވަށުގައި ކޭބަލް ނެޓްވޯރކްއެޅުމަށް ބޭނުންވާ ކޭބަލް ދިނުމުން، ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާ ކުރާމާލަމަށް ހާޒިރުވެދެއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

27 އޮގަސްޓް 2020 އިން        06 ސެޕްޓެމްބަރ 2020

14:00

އަންދާސީ ހިސާބު ބަލައިގަތުން

08 ސެޕްޓެމްބަރ 2020

އަންގާރަ

13:30

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި، 7595939 ނުވަތަ 9757801  މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުގައި ކޭބަލް ވަޅުލުމަށްއެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހްތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. ކައުންސިލް އިދާރާއަށް ދުރުވާއިރު މާސްކް އަޅުއްވާއިގެން ދުރުވުމަށް ހަނދުމަކޮށް އަރުވަމެވެ. އަދި މާސްކް ނާޅާފަރާތްތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބައިވެރިވެ ނުލެއްވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

  • ކައުންސިލުން ދައްކާ ކުރެހުމާއި އެއްގޮތަށް ކޭބަލް ވަޅުލުމަށް ކޯރުކޮނެ ކޭބަލް ވަޅުލުން
  • ކައުންސިލުން ފޯރުކޮށްދޭ 10 ޑިސްޓްރިބިއުޝަން ޕޯލް ހަރުކޮށް ކޭބަލް ވެއްދުން
  • މި އިޢުލާނާއެކުގައިވާ ކުރެހުމާއި އެއްގޮތަށް ކޮންކްރިޓް ޑިސްޓްރިބިއުޝަން ފޮއްޓެއް އަމިއްލަތަކެތީގައި އަޅާ ހަރުކުރުމާއި ކޭބަލް ވެއްދުން
  • ކޭބަލް ވަޅުލުމަށް ކޯރުކޮއްނާނީ 18 އިންޗި ފުންމިނުގައި އަދި ކޭބަޅުލާއިރު ވާރނިންގ ޓޭޕް 9 އިންޗި ފުންމިނުގައި ކޭބަލް ވަޅުލާ ކޯރުގައި އެޅުން
  • މަސައްކަތް ނިންމަންޖެހޭ މުއްދަތު: 30 ދުވަސް

 

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %90 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން). އަގު ހުށަހަޅަންވާނީ މީޓަރެއް ކޮނެދޭނެ ދިވެހި ރުފިޔާގެ އަގު.
  2. ތަޖުރިބާއަށް (ތަޖުރިބާގެ ގޮތުގައި ލިޔެކިޔުން ހުށަހަޅާފައިވާނަމަ އެކަމަށްބަލާ ޕޮއިންޓްދިނުން). ތަޖުރިބާ ގޮތުގައި ބެލެވޭނީ ގުޅުންހުރި ދާއިރާތަކުން ހުށަހަޅާ ލިޔެކިއުންތަކަށް އެކަނި.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

27 އޮގަސްޓް 2020
ހޯދާ