ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާބެހޭ

ކުޅުދުއްފުށީ ކައުންސިލަށް ޤާނޫނީ ޚިދުމަތާއި ލަފަޔާއި މަޝްވަރާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 30 އޯގަސްޓް 2020 (އާދީއްތަ) ދުވަހުން ފެށިގެން 06 ސެޕްޓެމްބަރ 2020 (އާދީއްތަ) ދުވަހުގެ 09:00 ން 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ނަންބަރ 6528831 އާއި ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން 08 ސެޕްޓެމްބަރ 2020 ވާ (ބުދަ) ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން 17 ސެޕްޓެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00

 މަޢުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް، އަދި އޮންލައިންކޮށް ބައިވެރިވެނުލެއްވޭ ފަރާތްތަކަށް ކައުންސިލް އިދާރާގައި ކަނޑައެޅިފައިވާ ގަޑީގައި ކުރިއަށް ގެންދެވޭނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ކުޅުދުއްފުށި ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ޝެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

26 އޮގަސްޓް 2020
ހޯދާ