ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މާލެ ސިޓީގައި އެއްގަމު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު:IUL)196-C/1/2020/17) 

 

އިޢުލާން

މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މާލެ ސިޓީގައި އެއްގަމު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 22 ޖުލައި 2020 ގައި ކުރެވުނު ނަންބަރު IUL)196-C/1/2020/15) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލުގެންވިފައިވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މާލެ ސިޓީގައި އެއްގަމު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ސެޕްޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

 

07 މުޙައްރަމް 1442

26 އޮގަސްޓް 2020
ހޯދާ