ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. ހުޅުދެލީ ޞިއްޙީމަރުކަޒަށް ރެޖިސްޓަރޑް ނާރސް / ސީނިއަރ ރެޖިސްޓަރޑް ނާރސް /ކްލިނިކަލް ނާރަސްގެ މަގާމަށް މީހަކު ހޯދުމަށް

އިޢުލާނު

ދ. ހުޅުދެލީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

ރެޖިސްޓަރޑް ނާރސް / ސީނިއަރ ރެޖިސްޓަރޑް ނާރސް / ކްލިނިކަލް ނާރސް

މަޤާމު:

J-304347

މަޤާމުގެ  ނަމްބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ނަރސިންގ ޕްރޮފެޝަނަލްސް

މަޤާމުގެ ކްލެސިފިކޭޝަން:

ދ. ހުޅުދެލީ ޞިއްޙީމަރުކަޒު / ދ. ހުޅުދެލި

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމުގެ އަސާސީ މުސާރަ،މަހަކު (ރުފިޔާ)

އަސާސީ ޝަރުތު

ސިވިލްސާވިސް ގެ ރޭންކް 

މަޤާމު

-/9060

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

CS8-1

ރެޖިސްޓަރޑް ނަރސް

            -/9210

ރެޖިސްޓަރޑް ނާރސް، ސީ.އެސް 8-1 ގްރޭޑްގައިމަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެފެންވަރުބެލުމުގެނިޒާމުންވިދިވިގެން %85 އިންސަންތައިންމާކްސްހޯދާފައިވުން.

 

CS8-2

            -/9360

މޯލްޑިވްސް ނާރސިން މިޑްވައިފްރ ކައުންސިލް ޤަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

 

CS8-3

            -/9670

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

CS 10-1

ސީނިއަރ ރެޖިސްޓަރޑް ނަރސް

            -/9920

ރެޖިސްޓަރޑް ނަރސް، ސީއެސް 1-10  ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަކްސް ހޯދާފައިވުން.

CS10-2

-/10160

 

ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް2-10  ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85%  އިން މަތިން މަކްސް ހޯދާފައިވުން. 

CS10-3

            -/10410

                            

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން .

CS12-1

ކުލިނިކަލް ނަރސް

            -/10660

ކްލިނިކަލް ނަރސް، ސީއެސް1-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަކްސް ހޯދާފައިވުން.

CS12-2

 

            -/10940

ކްލިނިކަލް ނަރސް، ސީއެސް 2-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މަކްސް ހޯދާފައިވުން.

CS12-3

 

މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

 

ސަރވިސް އެލަވަންސް:

 

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

 

 

 

އެހެނިހެން އެލަވަންސް:

 

1. ބަލިމީހުންނަށް ނަރސިންގ ކެއަރދިނުމާއި އަދިމިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

2. ބަލިމީހުންނަށް ދިމާވާ އާދަޔާޙިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.

3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭފަރުވާގެ ރީހެބިލިޓޭޝަނާބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.

4. ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޙިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން

5. ދިމާވާއިމަރޖެންސީތައް ވަގުތުން ކަމާބެހޭޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން 

6. މަރުކަޒަށް ޒިޔާރަތް ކުރާމީހުންނަށް ހެލްތުއެޑިއުކޭޝަން ދިނުމާއި ޙާއްސަގޮތެއްގައި މާބަނޑުމީހުންނާއި ވިހެއުމަށްފަހު ދޫކޮށްލާ ބަލިމީހާގެއާއިލާއަށް (މަންމައަދިބައްޕަ) އަށް ގާތުންކިރުދިމާއިބެހޭ ގޮތުންނާއި ދޭތެރެދުރުކުރުމާއި ބެހޭގޮތުން މަޢުލޫމާތުދިނުން.

7.މަރުކަޒުގައި ސިއްޙީގޮތުން މީހުންހޭލުންތެރިކުރުމަށާއި ހެލްތު ޕްރޮމޯޝަންސެކްޝަނުން ހިންގޭ ތަފާތުޕްރޮގްރާމްތަކުގައި އަމަލީގޮތުންބައިވެރިވުން.

8. ޑިއުޓީއާއި ހަވާލުވުމުގެ ކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން.

9.މަރުކަޒުން ބަލިމީހަކ މާލެނުވަތައެހެންވެސްތަނަކަށް ރިފަރކުރަންޖެހިއްޖެ ހާލަތެއްގައިއެމީހަކާއިއެކުއެތަނަކަށްދިއުން.

10. މަރުކަޒުގެ ސާފްތާހިރުކަން ދެމެހެއްޓުމާއި ޔުނިވާރސަލް އިންފެކްޝަން ޕްރޮޓޮކޯލްއާއި އެއްގޮތަށް އަމަލުކުރުން.

11.  ސެކްޝަނުން ފޯރުކޮށްދޭ ޙިދުމަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި ތަފާސްހިސާބުތަކާއި ލިޔުންތައް ތައްޔާރުކުރުން.

12. ނަރުހުންގެ އިންޗާރޖްގެ ހައިސިއްޔަތުން މަސައްކަތް ކުރަންޖެހިއްޖެނަމަ، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް އެކަށޭނަ ފީޑްބެކްދިނުން.

13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައިކަންތައްތައް ކުރުން.

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

  • ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒުވުން
  • ބަލިމީހުންނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫންވެސް ތޫނުތަކެތިން) ލިބިދާނެ ގެއްލުމެއް.
  • ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން.
  • ބަލިމީހުންގެ ހަށިގަނޑުން ބޭރުވާދިޔަ (ލޭ، ދޮސް، ހޮޑު، ކުޑަކަމުދާއެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން.
  • ރޭޑިއޭޝަން ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން.
  • އާންމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް.

މަޤާމުގެ މަސްއޫލއްޔަތުތަކާއި ވާޖިބުތައް:

1.ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އަދި ހެލްތް މިނިސްޓްރީގެ http://health.gov.mv ވެބްސައިޓުންނާ ދ. ހުޅުދެލީ ޞިއްޙީމަރުކަޒުގެއޮފީހުން ލިބެން  ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4.  ސިވިލް ސައިވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ހުށައަޅަންޖެހޭ ލިޔުންތައް:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ދ.ހުޅުދެލީ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް( [email protected]) ( މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 08 ސެޕްޓެމްބަރ 2020 ން 24 ސެޕްޓެމްބަރ 2020 އާ ދެމެދު ދ. ހުޅުދެލީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މަރުކަޒުގެ ނޯޓިސްބޯޑްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760647 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

:އިތުރު މަޢުލޫމާތު

 

26 އޮގަސްޓް 2020
ހޯދާ