ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައިޓީ އިކްއިޕްމަންޓްސް ގަންނަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އައިޓީ އިކްއިޕްމަންޓްސް ގަންނަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ގަންނަން ބޭނުންވާ ތަކެތީގެ މިނިމަމް ރެކުއަރމަންޓް މި ކަރުދާހާ އެޓޭޗް ކުރެވިފައިވާނެއެވެ.
  3. މިއިއުލާނަށް ކުރިމަތިލާ ފަރާތްތަކުން ބީލަމާއެކު 1,000 (އެއްހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
  4. އަންދާސީ ހިސާބު އީމެއިލް ކުރުމަށް ހުޅުވާލެވެނީ 2020 ސެޕްޓެމްބަރ 8 ވާ އަންގާރަ ދުވަހުގެ 10:00 ން 2020 ސެޕްޓެމްބަރ 8 ވާ އަންގާރަ ދުވަހުގެ 10:10 ށެވެ. މި ގަޑީގެ ކުރިން ނުވަތަ ފަހުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނަވޭނެއެވެ.
  5. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. މީގެ އިތުރުން ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރަންޖެހޭ މައުލޫމާތާއި މި އިއުލާނުގައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  7. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345174، 3345173

އީ-މެއިލް: [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111

އީ-މެއިލް: [email protected]

 

 

 

 

 

 

 

25 އޯގަސްޓް 2020

26 އޮގަސްޓް 2020
ހޯދާ