ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެށި ސާފު ޕްރޮގްރާމް - ހުޅުމާލެ ކުނިކަހާ ސާފުކުރާނެ ފަރާތްތައް ހޯދުމާއިގުޅޭ

ވެށި ސާފު ޕްރޮގްރާމް - ހުޅުމާލެ ކުނިކަހާ ސާފުކުރާނެ ފަރާތްތައް ހޯދުމާއިގުޅޭ

މި ޕްރޮގްރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމާއި، ހުޅުމާލެއަކީ ސާފު ސިޓީއަކަށް ހެދުމުގައި މުޖުތަމައުގެ ޒިންމާއާއިމެދު ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ސާފުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓް އުސޫލުންނެވެ.
• ބޭނުންވާ އަދަދު: 34
• މަސައްކަތް ހަވާލުކުރެވޭ މުއްދަތު: 1 އަހަރު

ޝަރުތު:
1. ދިވެއްސަކު ކަމުގައިވުން
2. ހުޅުމާލޭގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން
3. އުމުރުން 18 އަހަރު ފުރިފައިވުން
4. މި މަސައްކަތްކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.

ހަވާލުކުރެވޭނެ މަސައްކަތުގެ ތަފްސީލް.
1. އެމީހަކާއި ހަވާލުކުރެވޭ ސަރަހައްދު ކޮންމެ ދުވަހެއްގެ ހަވީރު 3:30 ގެ ކުރިން ކުނިކަހާ ސާފުކުރުން.
2. ހަވާލުކުރެވޭ ސަރަހައްދުގައިވާ ފްލެޓްތަކުގެ 'ކޮމަން އޭރިއާ' ސާފުކޮށް ބެލެހެއްޓުން
3. ސަރަހައްދުން ނަގާކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.
4. ހަވާލުކުރެވޭ ސަރަހައްދުގައިވާ މަގުތަކާއި، ޕޭމަންޓާއި، މަގުތަކުގެ ދެފަރާތުގައިވާ 'ހެޖް' ސާފުކުރުން
5. ކަނޑައެޅިފައިވާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގައި ކުރާ 'އާޖަންޓް' މަސައްކަތްތަކުގައި ބައިވެރިވުން ނުވަތަ ކްލީނިންގ ސެކްޝަނުން އަންގާ ގޮތެއްގެ މަތިން އެފަދަ މަސައްކަތްތައް ކުރުން.

އިތުރު މައުލޫމާތު:
1. މި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި މަހަކު 4،800 ރުފިޔާ ދެވޭނެ.
2. މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި މި ކޯޕަރޭޝަނުން ފޯރުކޮށްދެވޭނެ.
3. މަސައްކަތްކުރުމަށް ވަކި ގަޑިއެއް ހަމަޖެހިފައެއްނުވޭ. އެމީހަކަށް ފަސޭހަ ގަޑިއެއްގައި މަސައްކަތް ކުރެވިދާނެ.
4. ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވެ ސޮއެ ކުރާކަން ނުޖެހޭނެ.
5. މި މަސައްކަތަށް ނަގާ ފަރާތްތަކަކީ މުވައްޒަފުންކަމުގައި ނުބެލެވޭނެ.
6. ކޮންމެ ދުވަހަކުވެސް، މި ކޯޕަރޭޝަނުގެ ސުޕަވައިޒަރުން އެމީހަކާއި ހަވާލު ކޮށްފައިވާ ސަރަހައްދު ސާފުކޮށްފައިވޭތޯ ބަލާ ޗެކްކުރާނެ.
7. މި މަސައްކަތަށް މީހުން ނެގުމުގައި އެސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަސައްކަތްކުރުމަށް ޝައުގުވެރިވާނަމަ:
1. ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 09:30އިން 15:00 އާއިދެމެދު 3355305 ނުވަތަ 3355173 އާއި ގުޅުއްވިގެން ނުވަތަ 7253969 މިނަމްބަރަށް އެސް.އެމް.އެސް/ވައިބަރ މެދުވެރިކޮށް މެސެޖް ކުރައްވައިގެން ނަންނޯޓު ކުރައްވާ.
2. ނަންނޯޓު ކުރައްވާއިރު ނަމާއި، އެޑްރެހާއި، އައިޑީކާޑު ނަންބަރު، އުމުރު، އަދި ގުޅޭނެ ފޯނު ނަންބަރު ދެއްވަންވާނެ.
3. ނަން ނޯޓުކުރުން ކުރިއަށްދާނީ 8 ސެޕްޓެމްބަރ 2020ގެ ނިޔަލަށް.
4. މި މަސައްކަތަށް ބޭނުންވާ އަދަދަށްވުރެ ގިނަ މީހުން މިކަމަށް ކުރިމަތިލައިފިނަމަ، މަސައްކަތް ހަވާލުކުރާނެ މީހުން އިހްތިޔާރުކުރާނީ އިންޓަވިއު ކުރުމަށްފަހު.

26 އޮގަސްޓް 2020
ހޯދާ