ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އިންޖިނިއަރ

މަޤާމް:

ސީނިއަރ އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

-/17,000ރ.

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 08 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އަދި؛ ތިރީގައި ދެންނެވިފައިވާ ސެޓްފިކެޓްތަކުގެ ތެރެއިން މަދުވެގެން 01 ސެޓްފިކެޓް ހާސިލްކޮށްފައިވުން:
  1. ސީ.ސީ.އެން.އޭ ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން
  2. އެމް.ސީ.އެސް.އީ (2016) ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން
  3. (ވީ.އެމް ވެއަރ އަދި ވީ ސްފިއަރ ފަދަ) ވިޝުއަލައިޒޭޝަން ސެޓްފިކެޓް އެއް ހާސިލްކޮށްފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ އިންފްރާ ސްޓްރަކްޗަރ އަދި ސަޕޯޓް ސާރވިސް ޔުނިޓްގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އިންފްރާސްޓްރަކްޗަރ އަދި ނެޓްވޯރކް އާއި ގުޅުންހުރި ޕޮލިސީ އަދި ސްޓޭންޑަޑްތައް ޤާއިމްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2020 ސެޕްޓެންބަރު 03  ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2020 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

       06 މުޙައްރަމް  1442 

       25 އޮގަސްޓް   2020

25 އޮގަސްޓް 2020
ހޯދާ