މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Al-Azhar University Scholarhip 2020/2021

 `

ސްކޮލަރޝިޕް ފުރުޞަތު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

އިޢުލާން

ނަންބަރު:  IUL) 475-Schol/475/2020/128)

ތާރީޚް:   24 އޮގަސްޓް 2020

އަލް-އަޒްހަރު ސްކޮލަރޝިޕް 2020/2021

  އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ދާއިރާ

ކޯހުގެ ދާއިރާ:

ޖުމްލަ 22 ފުރުޞަތު.

- 10 ޝަރީއާ ދާއިރާ

- 12 އެހެނިހެން ދާއިރާ (ވެބްސައިޓްގައި އަޕްލޯޑްކޮށްފައިވާ ކޯސްތަކަށް)

ކޯހުގެ ޢަދަދު އަދި ދާއިރާ:

  މިސްރު

ޤައުމު:

  ބެޗެލަރސް ޑިގްރީ

ކޯހުގެ ލެވެލް:

ބެޗްލަރސް ޑިގްރީގެ ޝަރުތު:

1. ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުން.  

2. ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅުއްވާ ބޭފުޅުން ޝަހާދާ ޘާނަވިއްޔާއިން %65 އަށް ވުރެ މަތިން  ފާސްވެފައިވުން.

3. މި ކޯސްތަކަށް ހުށަހަޅުއްވާ ބޭފުޅުންނަކީ މިޞްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާވިދާޅުވެފައިވާ ބޭފުޅަކަށް ނުވުން.

4. 30 ސެޕްޓެމްބަރ 2020 އަށް އުމުރުން 25 އަހަރު ފުރިފައި ނުވުން.

5. ޝަހާދާ ޘަނަވިއްޔާ ނިންމެވިފަހުން، 30 ސެޕްޓެމްބަރ 2020 އަށް 3 އަހަރު ވެފައިނުވުން.

 

   * ނޯޓް: އަޒްހަރު ޔުނިވަރސިޓީގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން އަޒްހަރު ޔުނިވަރސިޓީގައި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ ބޭފުޅަކަށް އަދި ދެމަފިރިކަނބަލުންނަށް އެއްމުއްދަތެއްގެ ތެރޭގައި ކިޔަވައި ވިދާޅުވުމުގެ ފުރުޞަތެއް ނުދެއްވައެވެ.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ އެންމެމަތީ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި    އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

 ހުށަހަޅުއްވަން ޖެހޭތަކެތި.

 - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.(ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓް)

 - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. (ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓުގެ ޓްރާންސްކްރިޕްޓް)

 - އިނގިރޭސިބަހުގެ ތަރުޖަމާ ހިމެނޭ ސިޓީ/ރަށު ކައުންސިލް އިން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ.

 - ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ.

 - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 - އެޗް.އައި.ވީ/އެއިޑްސް އާއި ހެޕަޓައިޓްސްއާއި ޓީ.ބީ ޓެސްޓް ހިމެނޭ ގޮތަށް ހަދާ ފައިވާ މެޑިކަލް ރިޕޯޓް ކޮޕީ.

 - ގުޑް ކޮންޑަކްޓް ސެޓްފިކެޓް (އެންމެފަހުން އުޅުއްވި ސްކޫލަކުން)

 - 6 ޕާސްޕޯޓް ސައިޒް ފޮޓޯ.(ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.)       (ނޮމިނޭޓް ވުމުން ހުށަހަޅާ ގޮތަށް)

 - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

 - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

 - އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކުރުމަށްޓަކައި އެއާއި ގުޅޭ ލިޔުން.

ހުށަހަޅަންޖެހޭ  ތަކެތި:

 - ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި  ހުންނާނެއެވެ.

 - މި ސްކޮލަރޝިޕަށް އަޒްހަރު ޔުނިވަރސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީއެވެ. އެހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ.

 - މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެއްޓެވުމުގެ ކުރިން އަރަބި ބަހުގެ ޓެސްޓެއް ހަދަންޖެހޭނެއެވެ. އަރަބި ބަހުގެ ޓެސްޓުން ފާސްވެވަޑައިނުގެންފިނަމަ، ޖެހިވަޑައިގަންނަވާނީ އަރަބި ބަސް ކިޔަވައިވިދާޅުވާށެވެ. މިކަމަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 01 އަހަރުދުވަހެވެ.

 -ކެންޑިޑޭޓުން އެދިވަޑައިގަންނަވާ ކޯސްނޫން އެހެން ކޯހެއް މަދުފަހަރެއްގައި ހަމަޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

 - މި ސްކީމުގެ ކޯސްތަކަށް ހޮވޭ ބޭފުޅުންނަށް އަޒުހަރު ސްކޮލަރޝިޕްގެ ދަށުން ހަމަޖެހޭ އިނާޔަތްތަކުގެ މަޢުލޫމާތު "General condition for Al- Azhar Scholarships" ސުރުޚީގެ ނަމުގައި މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

 - ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

 - މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.

 - މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއް ނުދެވޭނެއެވެ.

 -ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

 -ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

 - ކޯހަށް ނޮމިނޭޓްވެއްޖެކަން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ "މަތީ ތަޢުލީމާއި ތަމްރީން ހާޞިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި  ދޫކޮށްލާ ފަރާތްތަކާ  މެދުގައްޔާއި ޙިދުމަތް ނުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 - އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕުކޮށްފައިވާނަމަ، އަސްލާއި އެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންޖެހޭނެއެވެ.

 - "މައި އެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެނޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން  އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

 - މި ކޯސްތަކާއި ބެހޭ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 - އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

 - ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިންމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓް ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިންގ ކްރައިޓީރިއާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު  މަޢުލޫމާތު 

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026966 / 3026950 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

25 އޮގަސްޓް 2020
ހޯދާ