ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކުލާސްތަކުގައި ޓީވީ ބެހެއްޓުމުގެ

ިޢުލާން ނަންބަރ: KS-B/2020/05

 

 ސްކޫލްގެ ކުލާސްރޫމްތަކުގައި ޓީވީ ބަހައްޓައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ 03 ވަނަ ދަޢުވަތު

 

  1. މިސްކޫލްގެ ކުލާސްރޫމުތަކުގައި ޓީވީ ބެހެއްޓުމަށް ބޭނުންވެގެން ކުރެވުނު KS-B/2020/04 ނަންބަރުގެ އިއުލާންގައިވާ މައުލޫމާތަށް ބަދަލުއައިސްފައިވާތީވަނީ ކެންސަލްކުރެވިފައެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 އޮގަސްޓް 25 އިން 2020 އޮގަސްޓް 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 2020 އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ. ނަންނޯޓްކުރެއްވުމަށްފަހު މައުލޫމާތު ނެންގެވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
  1. ބީލަން ހުޅުވުން އޮންނާނީ 2020 ސެޕްޓެމްބަރ 09 ވާ ބުދަ ދުވަހުގެ 10:00 ގައި ކަލާފާނުސްކޫލް ގައެވެ.
  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަލާފާނުސްކޫލް

މާލެ 

ފޯން: 3328991/3326607

އީ-މެއިލް: [email protected]

 

 

05 މުހައްރަމް         1442

24 އޮގަސްޓް          2020

24 އޮގަސްޓް 2020
ހޯދާ