ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2020 ސެޕްޓެމްބަރ 07 އިން 10ވަނަ ދުވަހަށް، މިއިން ކޮންމެ ދުވަހެއްގެ ހެދުނު 06:00 އިން 18:00 އަށް ޅ.ވަން އެންޑް އޮންލީ ކަނުހުރާގެ އިރު އުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. ވީމާ މި ތަމްރީނުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިންގ
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ޅ.ވަން އެންޑް އޮންލީ ކަނުހުރާ އިރުއުތުރުން 05 މޭލު ބޭރުގައި
ވީމާ، ޅ.ވަން އެންޑް އޮންލީ އިރު އުތުރުން 05 މޭލު ބޭރު މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
05 މުޙައްރަމް 1441
25 އޮގަސްޓް 2020
ދިވެހި ސަރުކާރުގެ ގެޒެޓް