ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ލެޕްޓޮޕް ހޯދުމާއިބެހޭ

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ހޯދަން ބޭނުންވާ ތަކެތީ ތަފްޞީލް:

-  3 ލެޕްޓޮޕް

 

Laptop Specification

Screen

13.3-inch, 1920 x 1080 px resolution, IPS, touch, 400 nits (post launch)

Processor

up to Intel Whiskey Lake i7-8565U (4 cores, 8 threads @ 1.8-4.6GHz)

Video

UHD Graphics 620 (integrated)

Memory

up to 8GB LPDDR3-2133 (soldered, dual-channel)

Storage

1x M.2 80 mm NVMe, 256 GB

Connectivity

Killer 1435 WLAN with Bluetooth 4.2

Ports

2x USB-C Thunderbolt 3, 1x USB-C 3.1 Gen 2, 1 MicroSD, Noble Lock

Battery

52 Wh, 45W power adapter (USB Type-C)

Size

302 mm or 11.9″(W) x 199 mm or 7.8″(D) x 11.6 mm or .46″(H)

Weight

~1.25 kg / 2.7 lbs (+230 g power supply)

Extras

new 720p camera placed at the top of the screen, on-button Goodix fingerprint sensor, new White/Frost color scheme, USB-C-to-A dongle included, Thunderbolt 3 to HDMI Cable.

 

މާކްސްދޭނެގޮތް.

 

އަގަށް       

100%

(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ޑެލިވަރީ މުއްދަތު  

-

(20 ދުވަސްތެރޭ ކައުންސިލަށް ޑެލިވަރީ ކުރާގޮތަށް)

ތަޖުރިބާ       

-

(ވޭތުވެދިޔަ 2 އަހަރު ގުޅުންހުރި މަސައްކަތް ކޮށްފައިވުން)

މާލީ ޤާބިލްކަން   

-

(މަދުވެގެން ހުށަހަޅާ އަގުގެ ފަނަރަ ޕަސެންޓް)

 

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.

-          އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ތަކެއްޗަށް އެއް އަންދާސީ ހިސާބެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.

-          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.

-          އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ

 

ހުށަހަޅަންޖެހޭ ތަކެތި. 

-          ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-          ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-          މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(

- ޓެކްސް ކްލިއަރެންސް ރިޕޯރޓް.

- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

            (ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

            (ށ) ފުރިހަމަ އެޑްރެސް:

            (ނ) ފޯން ނަންބަރ:

            (ރ) އީމެއިލް އެޑްރެސް:

            (ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު

            (ޅ) ރަޖިސްޓްރީ ނަންބަރ

            (ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :

            (އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:

            (ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ

   (މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ

-          އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

-          އިޢުލާނުގައި ހުށަހަޅަން ދެންނެވިފައިވާ މަޢުލޫމާތު ހުށަނާޅާނަމަ އެފަރާތެއްގެ ބީލަން ބާތިލްކުރެވޭނެއެވެ.

 

އަންދާސީހިސާބު ބަލައިގަތުން.

 

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.

 

" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"

ފުވައްމުލައް.

ދިވެހިރާއްޖެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން: 6862830        

  އީމެއިލް: [email protected]  

23 އޮގަސްޓް 2020
ހޯދާ